MIFCO aki faidhava kunfunyakah hadhaidheynan: Raees
image
މިރޭގެ ހޮޅުއަށީގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ސީއެންއެމް
0 ކޮމެންޓް
 

މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދައިދޭނަން: ރައީސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް މިއަހަރު ނިމުމުގެ ކުރިން ބަދަލުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގދ ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމުގައި މިފްކޯގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފްކޯ ރަނގަޅު ކުރުމަށް އެތަނަށް ހެޔޮ ބަދަލުތަކެއް ގެންނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

ރައީސް ވިދާޅުވީ މިފްކޯއަށް ފައިދާވަނީ ފެލިވަރުން އެކަނި ކަމަށާއި، މިފްކޯއިން އުފައްދާ މަހުގެ ބާވަތްތައް އިތުރުކޮށް މިފްކޯއަކީ މިއަހަރު ނިމުމުގެ ކުރިން އަރަނި ކުންފުންޏަކަށް ބަދަލު ކުރުމަށް މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެލިވަރު ފިޔަވައި މިފްކޯއިން ހިންގަމުން ގެންދާ ކޫއްޑޫއާއި އައްޑޫ ފެކްޓްރީގެ އިތުރުން ކަނޑުއޮށްގިރިވެސްވަނީ ގެއްލުން ކަމުގައެވެ.

އަހަރެއްގެ މައްޗަށް ރާއްޖެއަށް 150000 ޓަނުގެ މަސް ބާނާއިރު އޭގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42،000 ޓަނުގެ މަސް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރެވެނީ 28 ނުވަތަ 30 އިންސައްތަ މަސްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް މަހުން އެންމެ ފައިދާވަނީ ދަޅުގައި ބަންދުކޮށްގެން ބޭރަށް އެކްޕޯޓްކުރުމުން ކަމަށާއި އެހެންކަމުން އެނަފާ ހޯދުމަށް މިފްކޯއިން ބަންދުކުރާ މަހުގެ މިންވަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހިޔާލު