Dhen othee How To Get Away With Murder ge fahu season
image
"ހައު ޓު ގެޓް އަވޭ ވިތު މާޑާ" ގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ދެން އޮތީ "ހައު ޓު ގެޓް އަވޭ ވިތު މާޑާ" ގެ ފަހު ސީޒަން

އޭބީސީ ގެ މަގްބޫލު ޓީވީ ސީރީޒް "ހައު ޓު ގެޓް އަވޭ ވިތު މާޑާ" ގެ ކުރިއަށް އޮތް ސީޒަނަކީ އެ ސީރީޒްގެ އެންމެ ފަހު ސީޒަން ކަމަށް އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް ގައި ވެސް މަގްބޫލު އެ ސީރީޒުން ފެނިގެން ދަނީ ގާނޫނު ކިޔަވައިދޭ ޕްރޮފެސަރެއްގެ ރޯލުން ވަޔޮލާ ޑޭވިސް އެވެ. ސީރީޒް އުފެއްދި ޕީޓް ނޮވާކް ބުނެފައި ވަނީ އެ ޑްރާމާ ނިންމަން ޖެހުމުން ހިތާމަ ކުރާ ކަމަށެވެ.

އެ ސީރީޒް ހިޓުވެފައި ވަނީ 2014 ވަނަ އަހަރު ޕްރިމިއާ ކުރުމާ އެކުގަ އެވެ. އޭތި ޕްރޮޑިއުސް ކުރަނީ ނޮވާކްގެ އިތުރުން ޝޮންޑާ ރައިމްސް، ބެޓްސީ ބިއާޒް އަދި ސްޓިފަން ކްރެގް އެވެ.

"ހައު ޓު ގެޓް އަވޭ ވިތު މާޑާ" ގައި ޑޭވިސް ކުޅެފައިވާ ރޯލަށް އޭނާ އަށް ވަނީ އެމީ އެވޯޑު ލިބިފަ އެވެ. އޭގެ އިތުރުން ދެ އެވޯޑަކަށް ނޮމިނޭޓުވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ސީރީޒްގެ އެންމެ ފަހު ސީޒަން ރިލީޒް ކުރާނީ ސެޕްޓެމްބަރު 26 ގައެވެ. އެ ސީރީޒަކީ ކުލާހެއްގެ ކުދިންތަކެއް ޕްރޮފެސަރާއެކު މީހަކު މަރާލުމަށްފަހު އެކަމުން ސަލާމަތްވާން ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒެކެވެ.
ހޮލީވުޑް
ހިޔާލު