Vocational program ah mi aharu ves Dhiraagu ge ehee!
image
ދިރާގުގެ އެހީގައި ބޭއްވި ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޕްރޮގްރާމް-- ފޮޓޯ: ދިރާގު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޕްރޮގަރާމަށް މިއަހަރު ވެސް ދިރާގުގެ އެހީ!

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޕްރޮގްރާމް ހިންގުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެހުމާއި ޑިޒައިން ކުރުމާއި ކޮމްޕިއުޓާ ސްކިލްސް ފަދަ މަސައްކަތްތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

އެފަދަ ކުދިންނަށް މިކަހަލަ ޕްރޮގްރާމެއް ބޭއްވުމުގެ މަޤްސަދަކީ މުސްތަގުބަލުގައި އާމްދަނީ ހޯދުމަށް މަގު ފަހި ކޮށްދިނުން ކަމަށް ކެއާ ސޮސައިޓީ އިން ބުނެ އެވެ.

ތިން އަހަރު މެދުނުކެނޑި އެ ޕްރޮގްރާމް ކުރިޔަށް ގެންދެވުނީ ދިރާގުން ދޭ އެހީގެ ސަބަބުން ކަމަށް ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ނައުޝާން މުހައިމިން ވިދާޅުވި އެވެ.

ދިރާގުން ދަނީ އެފަދަ އެތައް ހިލޭ ސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރިޔަށް ގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.
ހިޔާލު