Customs inn gina adhadhegge ralaai ooru mass nahthaalaifi
image
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ރަލާއި އޫރުމަސް ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓު ނައްތާލައިފި އެވެ.
ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި އެ ތަކެތި ނައްތާލާފައި ވަނީ 10 ޖުލައި 2019 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 30 ކިލޯގްރާމް އޫރު މަހާއި 465 ލީޓަރުގެ ބަނގުރަލާއި 8000 ސިނގިރެޓް ހިމެނެ އެވެ.

ހަތަރެއް ޖުލައި 2019 ވަނަ ދުވަ ހުވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި ދުންފަތާއި އަދި ސިގިރެޓް އެ ސަރަހައްދުގައި ނައްތާލާފަ އެވެ.

އެ ތަކެއްޗަކީ ކަސްޓަމްސްގެ އާއްމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
ހިޔާލު