Tourism minister 3 atholhehge rah thakah dhathuru kuravvaifi
image
ޓޫރިޒަމް މިނިސްޓަރުގެ ދަތުރުގެ ތެރެއިން-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޓޫރިޒަމް މިނިސްޓަރު ތިން އަތޮޅެއްގެ ރަށްތަކަށް ދަތުރު ކުރައްވައިފި

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ބެލުމަށާއި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތިން އަތޮޅަކަށް ދަތުރު ކުރައްވައިފި އެވެ.
ޖުލައި 11 އިން 13 އަށް މިނިސްޓަރު ވަނީ ވ، މ، އަދި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާފަ އެވެ.


ޓޫރިޒަމް މިނިސްޓަރު މުލަކު އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެ ސިލްސިލާ ދަތުރުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި ވިޔަފާރީގެ އެންމެހައި މަސްލަހަތުވެރިންނާއި ބައްދަލަކުރަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލުމާތު ދެއެވެ.

އެ ދަތުރުގެ މަގްސަދަކީ އަތޮޅުތަކުގައި ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަން ކުރުމުގައި ބޭނުންވާ ހިޔާލާއި ލަފާ ހޯދުން ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ހިޔާލު