School ga kudhin heynethey massala balan ministry ge team eh Thulhaadhoo ah hingajje
image
ބ. ތުޅާދޫ--
1 ކޮމެންޓް
 

ތުޅާދޫ ސްކޫލު ކުދިން ހޭނެތޭ މައްސަލަ ބަލަން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެރަށަށް ހިނގައްޖެ

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލުގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރާ މައްސަލަ ދިމާވަމުން ދާތީ، އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިއަދު އެ ރަށަށް ހިނގައްޖެ އެވެ.
ތުޅާދޫ ސްކޫލުގެ ދަރިވަރިންނަށް އެ މައްސަލަ ދިމާވާ ވާހަކަ އަބަދުވެސް އަޑު އިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމަށް އެކަމުގައި އެދުނީ ބެލެނިވެރިންގެ އެދުމުގެ މަތިން ކަމަށެ ވެއެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ރަށު ބެލެނިވެރިން ވަނީ އިހުތިޖާޖުކޮށް، ސްކޫލު ބަންދުކޮށްފަ އެވެ. އެކަމަށް ހާއްސަ ޕެޓިޝަނެއް ވެސް ބެލެނިވެރިން ވަނީ ތައްޔާރުކޮށްފަ އެވެ.

ތުޅާދޫ މީހުން ބުނާ ގޮތުގައި ރަށު ސްކޫލުގެ ކުދިންނަށް ދިމާވަނީ ޖިންނި ޝައިތާނުންގެ ކަމެކެވެ. އެ މައްސަލާގައި ކުރިން ވެސް ވަނީ ސްކޫލު ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާފަ އެވެ.

ބެލެނިވެރިން ބޭނުން ވަނީ އަނެއްކާ ވެސް ސްކޫލު ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާލާށެވެ. އެކަމަކު މައްސަލައަށް އިތުރު ހައްލެއް އޮތް ނަމަ އެކަން ގަބޫލުކުރަން ވެސް ބެލެނިވެރިން ތިބީ ތައްޔާރަށެވެ.
ހިޔާލު

ހުސެން

ތީ ގަސް މަދުކަމުން ދިމާވާ މައްސަލައެއްކަމަށް ފެންނަނީ. ރަށުގެ ގަސްތައް ތިއޮތީ ކަނޑާ ހުސްކޮއްލާފަ.