Kuda kujjakah jinsee goanaa kuri kamuge thuhumathu ga meehaku hayyaru koffi
image
0 ކޮމެންޓް
 

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރި މީހާ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާ ގުޅިގެން މައްސަލަ ރިޕޯޓުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 11:35 ހާއިރެވެ.

ފުލުހުން ބުނީ ޖެންޑާ މިނިސްޓްރީ އާއި އަދިވެސް ކަމާ ގުޅުން ހުރި އެހެން އިދާރާތަކާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައީ ކުދިންނަށް ކުރާ އަނިޔާ އެވެ.

އެގޮތުން މެއި މަހު އެކަނިވެސް 34 ކުއްޖަކަށް ޖިންސީ އަނިޔާކޮށްގެން ރިޕޯޓުކޮށްފައިވާއިރު، 34 ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ހިޔާލު