Anehkaa ves geyehga balcony inn bayeh vettijje
image
ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓިފައި-- ފޮޓޯ: ފުލުހުން
1 ކޮމެންޓް
 

އަނެއްކާ ވެސް ގެއެއްގެ ބެލްކަނީން ބައެއް ވެއްޓިއްޖެ

ރޭ ދަންވަރު މާލޭގެ ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓުނު މައްސަލައެއް ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ބެލްކަނީން ބައެއް މަގުމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު ލިބުނީ ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު 12:05 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް، ފުލުހުން ވަނީ އާއްމު ރައްޔިތުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުވުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް ހާދިސާގެ މައުލޫމާތު ދީފަ އެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާއިރު، ގުޅުން ހުރި އިދާރާތަކާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ގެއެއްގެ ބެލްކަނީން ބައެއް ވެއްޓިފައިވާ ވީޑިއޯ އެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުންނެވެ. ގިނަ ދުވަސްވެފައިވާ އިމާރާތްތަކުގައި މިފަދަ ހާދިސާތައް ހިނގުން މިހާރު ވަނީ އާއްމުވެފަ އެވެ.

އެގޮތުން ޖޫން މަހުގެ ފަހުކޮޅު ވެސް މާލޭގެ ގެއެއްގެ ބެލްކަނީ ވެއްޓި، މަގުމަތީގައި ތިބި ބަޔަކަށް އަނިޔާވި އެވެ. އެ ހާދިސާ ހިނގުމުން އެ ގެ އިންސްޕެކްޓް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ހިޔާލު

ޖުލައި

ތިކަން ދާނީ ތަކުރާރުވަމުން. ގިނަ އިމާރާތް ތަކަކީ މީގެ ފަންސާހަކަން އަހަރު ކުރީގެ އިމާރާތް ތަކެއް. އޭރުގެ ކޮންކްރީޓް ގެ މުއްދަތަކީ ފަންސާހަކަށް އަހަރު.
ވީމާ ތިއިމާރާތް ތަން ނަންތާލައްވީ.