Nawaz Shareefah hukum ivvi fandiyaaraku suspend koffi
image
ނަވާޒު ޝަރީފު މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުން--
0 ކޮމެންޓް
 

ނަވާޒު ޝަރީފަށް ހުކުމް އިއްވި ފަނޑިޔާރަކު ސަސްޕެންޑުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފަށް ހިޔާނާތުގެ މައްސަލައެއްގައި ހުކުމް އިއްވި ފަނޑިޔާރަކު ސަސްޕެންޑުކޮށްފި އެވެ.
ހިޔާނާތުގެ މައްސަލާގައި މިދިޔަ ޑިސެމްބަރު މަހު ހަތް އަހަރުގެ ހުކުމެއް ނަވާޒު ޝަރީފަށް އިއްވި އަރުޝަދު މާލިކް ސަސްޕެންޑުކޮށްފައި ވަނީ ނަވާޒު ޝަރީފަށް ހުކުމް އިއްވާފައި ވަނީ ޕްރެޝަރުގެ ތެރޭގައި ހުރެގެން ކަމަށް އެއްބަސްވާ ވީޑިއޯއެއް އާއްމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯ އާއްމުކޮށްފައި ވަނީ ނަވާޒު ޝަރީފުގެ ދަރިފުޅު އަދި މިވަގުތު ޕާކިސްތާނުގެ އިދިކޮޅު ލީޑަރުގެ މަގާމުގައި ހުންނެވި މަރިޔަމް ނަވާޒެވެ.

އަރުޝަދު މާލިކް ސަސްޕެންޑު ކުރި ނަމަވެސް އޭނާގެ މައްސަލަ ބަލަން އަދި ނުފަށަ އެވެ. ޕާކިސްތާނުގެ ލޯ މިނިސްޓްރީން ބުނީ އަރުޝަދުގެ މައްސަލަ ބަލާނީ މިނިސްޓްރީން ތޯ ނުވަތަ ވަކި ކޮމިޓީއަކުން ތޯ އަދި ނުނިންމާ ކަމަށެވެ.

އަރުޝަދު ސަސްޕެންޑުކޮށްފައިވާ އިރު ނަވާޒު ޝަރީފު ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ޕާކިސްތާން
ހިޔާލު