Naib Raees Faisal Addu ah vadaigannavaifi
image
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ ހުޅުމީދޫގައި-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ނައިބު ރައީސް ފައިސަލް އައްޑޫ އަށް ވަޑައިގަންނަވައިފި

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހުޅުމީދޫ އަށް ވަޑައިގަންނަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު ހުޅުމީދޫ އަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުހަބާއެއް ދެންނެވި ކަމަށެވެ.

ނައިބު ރައީސް ވަނީ ހުޅުމީދޫގެ މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރައްވާ އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ ހުޅުމީދޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.
ހިޔާލު