Male ga huri parking system thah emme fahun nagan fashaifi
image
ވެލާނާގެ ކައިރީގައި ހުރި ޕާކިން ސިސްޓަމް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފާތުމަތު ނަޒުފާ އިރުޝާދު
3 ކޮމެންޓް
 

މާލޭގައި ހުރި ޕާކިން ސިސްޓަމުތައް އެންމެ ފަހުން ނަގަން ފަށައިފި

މާލެ ސިޓީއަށް ދިމާވެފައިވާ ޕާކު ކުރުމުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމުތައް ބޭނުން ނުކުރެވި އެންމެ ފަހުން ނަގަން ފަށައިފި އެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ޕާކިން ސިސްޓަމުތައް ނެގުމަށް ފަހު އެތަންތަން ޕާކިން ޒޯނުތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ވަނީ ހީނާމާގެ ޕާކިން ސިސްޓަމު ނެގުމުގެ މަސައްކަތް ފަށާފަ އެވެ. ހީނާމާގެ ޕާކިން ސަރަހައްދާއި ވެލާނާގެ ކައިރި އަދި ގާކޮއްޓާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ މިސްކިތް ކައިރީ ކުރީގެ ސަރުކާރުން އެ ސިސްޓަމުތައް ބެހެއްޓި އެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން މާލޭގައި އެފަދަ ޕާކިން ސިސްޓަމް ހުރި ނަމަވެސް، އޭގެ އެއްވެސް ބޭނުމެއް ނުކުރެވެ އެވެ. އެ ތަކެތި ހުރީ ގިނަ ދުވަސް ވެގެން ދަބަރުވެސް ޖަހާފަ އެވެ.

ވެލާނާގޭ ކައިރީގައި އެންމެ ފުރަތަމަ ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓު ކުރުމުގެ މަސައްކަތް ކުރީ 2016 ވަނަ އަހަރުގަ އެވެ. އޭރުގެ ސަރުކާރުން ބޭނުންވީ އެފަދަ 20 ސިސްޓަމް މާލޭގައި ބަހައްޓާށެވެ.

މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ކުރާނެ ގޮތުގެ ގަވާއިދެއް ހަދާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އެފަދަ ގަވާއިދެއް ހަދާފައެއް ނުވެ އެވެ.

އޭރު ހައުސިން މިނިސްޓްރީން ގެނައި ސިސްޓަމުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ހަވާލު ކުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެވެ.

މިދިޔަ ޑިސެމްބަރު މަހު ޓްރާންސްޕޯޓު މިނިސްޓްރީން ޕާކިން ސިސްޓަމުތައް ނަގަން ނިންމިކަން އިއުލާނު ކުރި އެވެ. އޭރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ސިސްޓަމުތައް ހުރީ ބޭނުން ކުރެވޭ ގޮތަށް ނޫން ކަމަށެވެ.

"ސިސްޓަމް ބަހައްޓައިގެން އެތަން ބްލޮކް ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި މި ޖެހެނީ އެ އެއްޗެހި ނަގައި އެހެން ގޮތަކަށް ޕްލޭންކުރަން. އެގޮތަށް ވިސްނާއިރު މި ވަގުތަށް އޮތް ހައްލަކީ އެތަން ހުސްކޮށްފައި ޕާކިންނަށް ދޫކޮށްލުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕާކިން ސިސްޓަމުތައް ގެނެސް، ހަރު ކުރުމަށް ދިޔަ ހަރަދުގެ ތަފްސީލު އޭރުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަށް ދިޔަ ހަރަދާ ބެހޭ ގޮތުން މިހާރުގެ ސަރުކާރުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
ހިޔާލު

ޅަކީ

ޙެހެ އެއީ ވެސް ބަޔަކު އަތުން ހެޔޮ އަގުގަ ގެނެސްފާ ހުރި އެއްޗެއް އެއެއް ޗެހި ރާވަން ބެލިއިރު ދަނގަޑު ތައް ދިމާނުވޭ ކޮންމެ ކަމެއްގާ ވެސް އޭރު އޮތީ ކަރެޕްށަން އެހެން ވީމަ ވީގޮތް އެއީ

ގުއިއްޒު

ޚަރަދުވި ހުރިހާ ފައިސާއެއް މުއިއްޒު އަތުން އަތުލާ. ހުރިހާ ކަމެއް ޚަރާބު ކުރި ބޭކަލެއް އެއީ.

އިހުސާނާ

ކީކޭ ދެން ފަހެ އަޅެ ބުނާނީ؟ ކިހާ ފައިސާ އެއްކަމެއް ނޭނގެ ތިކަމަށް ޚަރަދު ކުރީކީއެއްވެސް ދޯ؟ އަޅެ އެހެން ކަމަކަށް އެ ފައިސާ ބޭނޫން ކުރެވުނީހެއްނު! ރަނގަޅަށް ވިއްޔާ ފިސާރި ފައިސާ ހަދާފަ ތިކަމުންވެސް އޮންނާނީ އިނގޭ!