Magumathin hovi dhabahehge verifaraai hoadhanee
image
ހޮވައިގެން ގެނެވިފައިވާ ދަބަސް---ފޮޓޯ:ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަގުމަތިން ހޮވި ދަބަހެއްގެ ވެރިފަރާތް ހޯދަނީ

މާލެ، ބޮޑުތަކުރުފާނުމަގު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހުންނަ ސަރަހައްދުން ހޮވައިގެން ގެނެސްފައިވާ ކަޅު ކުލައިގެ ދަބަހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ދަބަސް ފެނިފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހުގެ ވަގުތެއްގަ އާންމު ފަރާތަކަށް ކަމަށެވެ.

އެ ދަބަހުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ، ދަބަހާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން
ހިޔާލު