Angelhack ge 2 vana hackathon Raajjeyga fashaifi
image
މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ: ދިރާގު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"އޭންޖަލްހެކް" ގެ ދެވަނަ ހެކަތޯން ރާއްޖޭގައި ފަށައިފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، ދިރާގު އަދި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ކަމަށްވާ "އޭންޖަލްހެކް" ގެ ދެވަނަ ހެކަތޯން ރާއްޖޭގައި ފަށައިފި އެވެ.
އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯން އެކެވެ. އެ ހެކަތޯން އެންމެ ފުރަތަމަ ފަށާފައި ވަނީ ސެން ފްރާންސިސްކޯ ގައެވެ. އޭގެ ފަހުން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައ 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުން، ޑިޒައިނަރުން އަދި ކުދި ވިޔަފާރިވެރިނަށް ވަނީ މި ހެކަތޯންގެ ގެ ސަބަބުން އެހީތެރިވެފަ އެވެ.

ކޮންމެ އަހަރަކު އޭންޖަލްހެކްގެ ހެކަތޯންތައް މުޅި ދުނިޔޭގެ އެކި ހިސާބު ތަކުގައި ކުރިއަށްގެންދެއެވެ. އަދި މިއަހަރު އެކަނިވެސް ހަ ބައްރެއްގައި އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ދެ ދުވަހުގެ މުދަތައް ކުރިއަށްގެންދާ އެ ހެކަތޯންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އީޖާދީ އެޕްތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް، ޓެސްޓު ކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ފެނިގެންދާނެ އެވެ.

އެންޖަލްހެކް އިން މަސައްކަތް ކުރަމުން ދަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި 300 ހެކަތޮންސް ބައިވެރި ކުރުމަށެވެ. އޭންޖަލްހެކް ގައި ބައިވެރިވެގެން އެއްވަނައަށް ދާ ފަރާތަކަށް އޭންޖަލްހެކްގެ ގްލޯބަލް ވާޗުއަލް ޕްރީ އެކްސެލެރޭޓަ ޕްރޮގްރާމް ކަމުގައިވާ "ހެކްސެލެރޭޓާ" ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ބާރަ ހަފްތާގެ މުއްދަތަށް ކުރިއަށްދާ "ހެކްސެލެރޭޓާ" ގެ ބައިވެރިންނަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީ އިން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި އައިޑިއާތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕްތަކަށް ބަދަލު ކުރުމަށް މަގުފަހިކޮށްދޭނެ އެވެ.

ދިރާގު، އެމްއެމްއޭ އަދި ސްޕާކްހަބް އިން މައުލޫމާތުދޭ ގޮތުގައި އެންޖަލްހެކްގެ ޒަރިއްޔާއިން ބައިވެރިންނަށް ވަރުގަދަ ތަޖުރިބާތަކެއް ލިބި، އާ ހިޔާލުތަށް ދިރުވާ ތަރައްގީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ އެވެ.

އޭގެ އިތުރުން "އެންޖަލްހެކް މޯލްޑިވްސް 2019" ރާއްޖޭގައި ބާއްވަން ގަސްތުކޮށްފައިވާ އެންމެ ބޮޑު ބޭނުމަކީ ވެސް ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗަ އަށަގަނެ، އިނޮވެޓިވް ޑިޖިޓަލް ސޮލިއުޝަންސް ހޯދައިދިނުމެވެ.

މި އަހަރުގެ އެންޖަލްހެކް ތީމް ކަމަށްވާ "އިނޮވެޓާސް ރައިސިން" އިން ގިނަ އަދަދެއްގެ ދިވެހި ހުނަރުވެރި ޑެވެލޮޕަރުންނާއި ޑިޒައިނަރުންނާއި އަދި ވިޔަފާރިވެރިން އެއް ތަނަކުން ދިމާވެ، މުޅި ދުނިޔެއަށް ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގު އެމްއެމްއޭ
ހިޔާލު