Sirrun Raajjeyga honeymoon heydha kurumah fahun Joey adhi Sophie furaifi
image
ސޯފީ އާއި ޖޯއީ--
0 ކޮމެންޓް
 

ސިއްރުން ރާއްޖޭގައި ހަނީމޫނު ހޭދަކުރުމަށް ފަހު ޖޯއީ އަދި ސޯފީ ފުރައިފި

ހޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސޯފީ ޓާނާ އާއި ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް މިދިޔަ މެއި މަހު ކައިވެނިކޮށްފައި ވާއިރު މިމަހުގެ ތެރޭގައި ރާއްޖޭގައި ވަރަށް ސިއްރުން ހަނީމޫނު ފާހަގަކުރުމަށް ފަހު އެ ދެތަރިން ގައުމަށް އެނބުރި ހިނގައްޖެ އެވެ.
ހަނީމޫނަށް ރާއްޖެ އައުމަށް ފަހު އެމީހުން އެނބުރި ގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެމީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ސޮނެވާގެ ރަށެއްގައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރި ގޮތުގެ އެއްވެސް ފޮޓޯއެއް މިހާތަނަށް ޖޯއީގެ އިތުރުން ސޯފީ ވެސް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައި ނުވާތީ އެމީހުން ހަނީމޫނަށް ރާއްޖެ އައިކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.
View this post on Instagram

Mr and Mrs Jonas Photo by @corbingurkin

A post shared by Sophie Turner (@sophiet) on


ދެހާސް ސޯޅަވަނަ އަހަރު އެދެމީހުން އެކަކު އަނެކަކާ ފުރަތަމަ ބައްދަލުވި އިރު އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ވަރަށް ސިއްރުންނެވެ. އެކަމަކު ޖެހިގެން އައި އަހަރު ދެމީހުން އެންގޭޖުވުމަށް ފަހު އެކަން މުޅި ދުނިޔެއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފަ އެވެ.

އުމުރުން 29 އަހަރުގެ ޖޯއީ އާއި 22 އަހަރުގެ ސޯފީ އެންގޭޖުވުމަށް ފަހު އެންމެ ފުރަތަމަ ޗުއްޓީއެއް ހޭދަކޮށްލުމަށް އައިސްފައި ވަނީ ވެސް ރާއްޖެ އަށެވެ.

ހޮލީވުޑުގައި މަސައްކަތް ކުރާ ސޯފީ، ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައި ވަނީ ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ބައި ކުޅުމުންނެވެ.

ޖޯއީ އަކީ އެމެރިކާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ޑީއެންސީއީގެ ލީޑް ލަވަކިއުންތެރިޔާ އެވެ. އަދި އޭނާ ވަނީ "ހަނަ މޮންޓާނާ" ފިލްމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އޭގެ އިތުރުން ޖޯއީ ވަނީ އޭނާގެ ބޭބެމެންނާއެކު "ޖޯނަސް ބްރަދާސް" ގެ ނަމުގައި މިއުޒިކް ބޭންޑެއް އުފައްދާފަ އެވެ. އެކަމަކު 2013 ވަނަ އަހަރު އެ ބޭންޑު ރޫޅުނު އިރު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ އެ ބޭންޑް އެނބުރި އައިސްފަ އެވެ.
ހިޔާލު