Majeedhee magugai hingi nurahkaatheri accident eh hingai dhe meehakah aniyaavehje
image
މަޖީދީ މަގު-- ފޮޓޯ: ސަން
0 ކޮމެންޓް
 

މަޖީދީ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ވަންވޭ ފަޅާލައި ސައްޔިދު ކިލޭގެފާނު މަގުން މަޖީދީ މަގަށް ނިކުތް ސައިކަލެއް، މަޖީދީ މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރު 1:15 ހާއިރެވެ.

އެނގިފައިވާ ގޮތުގައި ނުގަވާއިދުން މަޖީދީ މަގަށް ދުއްވާފައި ނިކުތް ސައިކަލުގައި ތިބީ ދެ ބިދޭސީންނެވެ. އޭގެ ތެރެއިން އެކަކަށް އަނިޔާވި އެވެ. އެކަމަކު ބޮޑަށް އަނިޔާވީ މަޖީދީ މަގުން ދުއްވާފައި އައި ސައިކަލުގައި އިން މީހާއަށް ކަމަށް ވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި މަޖީދީ މަގުން ދުއްވާފައި އައި ސައިކަލު ވެސް އައީ ވަރަށް ބާރު ސްޕީޑެއްގައެވެ. އަދި އޭގައި ދެ ދިވެހިން ތިބިއިރު އެކްސިޑެންޓުވުމާއެކު އެތަނުން އެކަކު ވަނީ ފިލާފަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ، ރޭ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ވެސް އެންމެ ފުރަތަމަ ގެނެވުނީ ހޮސްޕިޓަލަށް ނަމަވެސް ދިވެހި މީހާގެ އެދުމުގެ މަތިން އޭނާ އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަނިޔާވި ބިދޭސީ މީހާއަށް އަދިވެސް ދަނީ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންނެވެ. އެމީހާގެ ހާލު ސްޓޭބަލް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އޭޑީކޭގެ ބަހެއް ލިބިފައި ނުވާތީ ދިވެހި މީހާގެ ހާލު އޮޅުން ފިލުވޭ ގޮތް ވަނީ ނުވެފަ އެވެ.
ހިޔާލު