Economic minister ge naibakah Mujaahid ayyan kuravvaifi
image
އަހުމަދު މުޖާހިދު--
0 ކޮމެންޓް
 

އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މުޖާހިދު އައްޔަން ކުރައްވައިފި

މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް ގއ. ދާންދޫ، ކާމިނީގެ، އަހްމަދު މުޖާހިދު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މުޖާހިދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީން މާސްޓަ އޮފް އެޑިއުކޭޝަން ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.

މުޖާހިދު މީގެ ކުރިން އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާގެ މަގާމު ހިމެނެ އެވެ.
ހިޔާލު