Ghaazee Hassan Saeed ge thahugeeg adu ehun aamukoh hulhuvaalaigen miadhu onnaane
image
ސަސްޕެންޑު ކުރި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

ގާޒީ ހަސަން ސައީދުގެ ތަހުގީގު އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން މިއަދު މެންދުރު އޮންނާނެ

މިދިޔަ މަހު ސަސްޕެންޑު ކުރި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއް މިއަދު އޮންނާނެ އެވެ.
ޖޭއެސްސީން އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 01:45 އަށެވެ. އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އެ އަޑުއެހުން އޮންނާނީ ޖޭއެސްސީ ހިންގާ ޕޯސްޓު ބިލްޑިންގެ ހަވަނަ ފަންގިފިލާގަ އެވެ.

ޖޭއެސްސީން ބުނީ ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ ދެ މައްސަލައެއްގެ ތަހުގީގު އަޑުއެހުން ކުރިއަށް ދާއިރު، އާއްމުންނަށް އެ އަޑުއެހުމެއް ވަދެވޭނެ ކަމަށެވެ.

އެގޮތުން އާއްމުންގެ ފަރާތްތަކާއި މީޑިއާގެ ބޭފުޅުން މިއަދު މެންދުރު 01:30 ގެ ކުރިން އެ އަޑުއެހުމަށް ހާޒިރުވާން ޖެހެ އެވެ. އަޑުއެހުމެއް ވަޑައިގަންނަވާ އިރު އައިޑީ ކާޑު ގެންދަން ޖެހެ އެވެ.

ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރީ ޖޫން 12 ގައެވެ. އޭނާ ސަސްޕެންޑު ކުރި ނަމަވެސް، ޖޭއެސްސީން ބަލަމުން އަންނަ މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތަހުގީގު ވެސް ހުޅުވާލައިގެން އަޑުއެހުމެއްގެ ގޮތުގައި ބާއްވާފަ އެވެ.
ހިޔާލު

ދޫ މީ

ޙަސަނަކީ ޤާޟީއަކަށް ކުފޫ ހަމަވާމީހެއްނޫން. އޭނާ ދާއިރާއިން ބޭރު ކޮށްދީ