3 mass kurin gellunu saikalu fenunee moodhu adin!
image
މޫދު އަޑިން ނެގި ސައިކަލް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ތިން މަސް ކުރިން ގެއްލިގެން ރިޕޯޓު ކުރި ސައިކަލު ފެނުނީ މޫދު އަޑިން!

މިއަހަރުގެ އޭޕްރިލް މަހު ގެއްލިގެން ރިޕޯޓު ކުރި ސައިކަލެއް މާލޭ އުތުރު ހާބަރު ސަރަހައްދުގެ މޫދު އަޑީގައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ސައިކަލު ފެނުނީ ރޭ 08:00 ހާއިރު އެތަނުގައި އޮތް ބޯޓަކުން މޫދަށް އެއްޗެއް ވެއްޓިގެން އޭތި ނަގަން ފުންމާލި މީހަކަށް ކަމަށެވެ.

އެ ސައިކަލު މޫދު އަޑިން ނެގުމަށްފަހު ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފަ އެވެ. ފުލުހުން ބުނީ އެއީ ޖޫން އޭޕްރިލް 16 ގައި ގެއްލިގެން ރިޕޯޓު ކުރި ސައިކަލެއް ކަމަށެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަމުން އަންނަ ކަމަށެވެ. މާލޭގައި ޕާކުކޮށްފައި ހުންނަ ސައިކަލު ގެއްލޭ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ޕޮލިސް
ހިޔާލު