Raajje medhuverikoh masthuvaa thakethi traffic kuraa kamuge thuhumathu
image
މަސްތުވާތަކެއްޗާއެކު އަތުލައިގަތް އީރާނުގެ ބޯޓު-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ރާއްޖެ މެދުވެރިކޮށް މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމުގެ ތުހުމަތު

ޓެރަރިޒަމަށް ފަންޑު ކުރުމަށް ރާއްޖެ އާއި ސްރީ ލަންކާ މެދުވެރިކޮށް ޕާކިސްތާނުން އިންޑިއާ އަށް މަސްތުވާތަކެތި ފޮނުވާ ކަމަށް އިންޑިއާގެ ސަލާމަތީ ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.
އިންޑިއާގެ ދަ ހިންދުސްތާން ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި 50 ކިލޯގެ ހިރޮއިން އާއެކު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން ދަތުރުކުރި ޕާކިސްތާނުގެ ބޯޓެއް ލަންކާ އިން ހިފެހެއްޓު ކަމަށެވެ.

އިންޑިއާގެ ސަލާމަތީ އޭޖެންސީތަކުން ތުހުމަތު ކުރާ ގޮތުގައި އެ ބޯޓު މަސައްކަތް ކުރީ އިންޑިއާ އަށް ދަތުރު ކުރުމަށެވެ. އޭގެ އިތުރުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް އީރާނުގެ ބޯޓުގެ މައްސަލަ ވެސް އެމީހުން ފާހަގަކުރެ އެވެ.

އެގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހިފެހެއްޓި އެ އީރާނު ބޯޓުގައި ޕާކިސްތާނުގެ މީހަކު ހުރިކަން އިންޑިއާގެ ސަލާމަތީ އޭޖެންސީތަކުން ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވެސް ޕާކިސްތާނުން މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއްގެ ވާހަކަ އެ ނޫހުގައި ފާހަގަކޮށްފައި ވެއެވެ.

ޓެރަރިޒަމާއި މަސްތުވާތަކެއްޗާ އޮތް ގުޅުން ހާމަވީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ އަށް ނިސްބަތްވޭ ޑޭވިޑް ހޯލަމަން ހެޑްލީގެ ތަހުގީގުން ކަމަށް އިންޑިއާ އިން ބުނެ އެވެ.
ހިޔާލު