Shalabee ge official photographer Adhoo niyaa vejje
image
އަދުހަމް މުހައްމަދު-- ފޮޓޯ: ފޭސްބުކް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ޝަލަބީގެ އޮފިޝަލު ފޮޓޯގުރާފަރު، އަދޫ ނިޔާވެއްޖެ

ކުޅަދާނަ ފޮޓޯގުރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 24 އަހަރުގެ އަދުހަމް މުހައްމަދު (އަދޫ) ނިޔާވެއްޖެ އެވެ.
ހއ. އުލިގަމަށް އުފަން އަދޫ އަކީ ތެލެސީމިއާގެ ސަބަބުން ލޭ އަޅަން ޖެހުނު މީހެކެވެ. އޭނާއަކީ ކުޅަދާނަ ފޮޓޯގްރާފަރެއްގެ ގޮތުގައި މަގްބޫލު މީހެކެވެ.

އަދޫ ނިޔާވުމުން މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފަ އެވެ. އެތަނުން ބުނީ އަދޫ އަކީ ހިތްވަރު ގަދަ އަދި އަމިއްލަ އަށް އިސްނަގައިގެން އެ ސޮސައިޓީ އަށް ހިދުމަތް ކުރި މެމްބަރެއް ކަމަށެވެ.

ތެލެސީމިއާ ސޮސައިޓީގެ އިތުރުން އަދޫ ވަނީ އެހެން ޖަމިއްޔާތަކުގައި ވެސް ހިލޭ ސާބަހަށް މަސައްކަތްކޮށްފަ އެވެ.

ފޮޓޯ ނެގުމަށް އިންތިހާއަށް ޝައުގުވެރިވި އަދޫއަކީ މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުވި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް، ބަރިސްތާ މޯލްޑިވްސް ކެފޭ އަދި ހައުސް އޮފް މިއުޒިކްގެ އޮފިޝަލް ފޮޓޯގްރާފް ވެސް މެއެވެ.

ދައްތައަކާއި އަންހެން ކޮއްކޮއެއް ހުންނަ އަދޫ އުމުރުން އެންމެ ދެ އަހަރުން ފެށިގެން ދިޔައީ ލޭ އަޅަމުންނެވެ. އަދޫ ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ވެސް މަސައްކަތްކޮށްފަ އެވެ.

އެކަމަކު އެ ފުރުސަތުގައި އޭނާގެ މަންމައާ 75 އިންސައްތަ މެޗު ނުވުމުން، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭ ގޮތެއް ނުވި އެވެ. އަދޫ ފަދަ ހިތްވަރު ގަދަ ޒުވާނުންނަކީ އެންމެންނަށް ވެސް ނަމޫނާ އެކެވެ.
ހިޔާލު

ޙަސަންމަނިކް

ޚަބަރު ކިޔާ ނިމުނުއިރުވެސް އަޒޫ ނިޔާވީ ކޮން ސަބަބަކާ ހުރެކަމެއް ސާފުވާކަށް ނެތް. ތެލަސީމިއާ ބަލިހުރެ ލޭއަޅަން ޖެހުމަކީ ކޮންމެހެން ނިޔާވާންޖެހޭ ސަބަބެއް ނޫން، އެހެންކަމުން ދެން މަވީ ގެސްކުރަންތަ އޭނަ ނިޔާވީ އެހެންވެއޭ! މީވެސް ދެން ހަމަ ނޫސްވެރިކަންދެއްތޯ؟
އެނީވޭސް، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްްވާށި!