Kureege naib raees Adeeb minivan vejje
image
އަދީބު ބޭސްފަރުވާ އަށް ފަހު، މިމަހުގެ ހަ ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ--
1 ކޮމެންޓް
 

ކުރީގެ ނައިބު ރައީސް އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމްތައް މަތީ މަރުހަލާގެ ކޯޓުތަކުން ބާތިލް ކުރުމާއެކު، އޭނާ މިނިވަންވެއްޖެ އެވެ.
އެންމެ ފަހުން އަދީބު ތަންފީޒު ކުރަމުން ދިޔައީ އަދީބުގެ މައްޗަށް ހިންގި ޝަރީއަތުގެ އަޑުއެހުމެއްގައި، ކޯޓުގެ ހުރުމަތް ކަނޑާލައިގެން އޭނާގެ މައްޗަށް ކޮށްފައިވާ 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމުގެ މުއްދަތު ވެސް މިހާރު އެވަނީ ހަމަވެ، އަދީބު މިނިވަންވެފަ އެވެ.

ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެން އަދީބުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އޭނާއަށް ވަނީ އިންޑިއާއިން ބޭސްފަރުވާ ކުރުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ދީފަ އެވެ.

އަދީބު ބޭސް ފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 14 ގައެވެ. އޭނާއާއެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ޓީމެއް ވެސް އިންޑިއާއަށް ދިޔައިރު މިދިޔަ މަހުގެ 26 ގައި އޭނާއަށް ބޭސް ފަރުވާ ހޯދަން ދިން މުއްދަތު ހަމަވި ނަމަވެސް ފަހުން ކަރެކްޝަނުން ވަނީ ހައެއް ޖުލައިގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

އަނބިކަނބަލުން މަރިޔަމް ނަޝްވާއާއެކު އަދީބު ރާއްޖޭން ބޭރަށް ބޭސް ފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވި އިރު އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ ޖުލައި ހަ ވަނަ ދުވަހުގެ ހަވީރެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އަދީބަށް ގުލަކޯމާ ޖެހިފައިވާކަން އެނގުނު ނަމަވެސް އޭރު އޭނާ ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައި ކަމުން އޭރު އޭނާއަށް އެ ފުރުސަތު ކަރެކްޝަނުން ފަހިކޮށްދެއްވާފައެެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ ތުހުމަތާއެކު 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިތުރުން ގިނަ ތުހުމަތުތަކެއްގައި ދައުވާ އުފުލާފައި ވެއެވެ.

ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބުގެ ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކޮށްފައި ވެއެވެ. އަދި ފަހުން، މަތީ މާރުހަލާގެ ކޯޓުތަކުން ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާތިލް ކޮށްފަ އެވެ.
ހިޔާލު

މުހައްމަދު

ރިހާކުރުފުޅި ނެގިމީހާ އަދިވެސް ޖަލުގަ