Vagah nagaafavaa thakethi vikkan ulhunu bayaku hayyaru koffi
image
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނު-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ވަގަށް ނަގާފައިވާ ތަކެތި ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވިއްކަން އުޅުނު ދެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އުމުރުން 28 އަހަރާއި 37 އަހަރުގެ ދެ ދިވެހި ފިރިހެނުން ލޯކަލް މާރުކޭޓު ކައިރީގައި އޮތް ބޯޓަކަށް އަރާ، ފޯނުތަކެއް ވިއްކަން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 10:10 ހާއިރެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލާ ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އަގުބޮޑު ސާމާނު އެމީހުންގެ އަތުން ފެނުނެވެ.

އޭގެ ތެރޭގައި ހަތަރު ފޯނާއި ސްމާޓް ގަޑިއަކާއި ހެޑްސެޓަކާއި، ޕެން ޑްރައިވަކާއި ޗާގިން ޕޯޓަކާއި ދެ ތަޅު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 2251 ވައްކަމުގެ މައްސަލަ ހުށަހަޅާފައި ވެއެވެ.
ވައްކަން ފުލުހުން
ހިޔާލު