Minister Shidhatha maadhamaa Majileehah haaziru kuranee
image
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް-- ފޮޓޯ: ޑަބްލިއުއައިއޯއެން
0 ކޮމެންޓް
 

މިނިސްޓަރު ޝިދާތާ މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ފިލި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާގެ މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާ ސުވާލު ކުރުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
އެ މައްސަލާގައި ޝިދާތާއާ ސުވާލު ކުރަން ހުށަހަޅާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މަޖިލީހުން ބުނީ ޝިދާތާ މަޖިލީހަށް ހާޒިރު ކުރާނީ މާދަމާގެ ޖަލްސާއަށް ކަމަށެވެ.

ޝައިމް އަބްދުﷲ ނަމަކަށް ކިޔާ އެ ކުއްޖާ ކުޑަކުދިންގެ ހިޔާއިން ފިލީ، ކުށުގެ ވެށިން ފެނުމުން އެސެސްމެންޓެއް ހަދަން އެތަނަށް ގެންގޮސްފައި ހުއްޓާ ޖޫން 18 ވަނަ ދުވަހުގަ އެވެ.

އެ މައްސަލާގައި ޖެންޑާ މިނިސްޓްރީން އެންމެ ފުރަތަމަ ބުނެފައި ވަނީ އެ ކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ނޫން ކަމަށެވެ. އެކަމަކު ޝިދާތާ ފަހުން ވަނީ އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަމަށް ބުނެފަ އެވެ.

ފިލައިގެން އުޅޭތާ އެތައް ދުވަހެއް ފަހުން ޝައިމް ފެނުނީ މާލޭގެ ގެޔަކަށް ފުލުހުން ގަދަކަމުން ވަދެ ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ހިޔާލު