Magu mathin anhenakaa foshunu meehaage mahchah dhauvaa koffi
image
މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ-- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

މަގުމަތިން އަންހެނަކާ ފޮށުނު މީހާގެ މައްޗަށް ދައުވާކޮށްފި

މާލޭގެ މަގުމަތިން ޒުވާން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި ހައްޔަރު ކުރި އުމުރުން 56 އަހަރުގެ މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލާގައި ދައުވާ ކުރީ ގ. އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލްގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ތިން ދައުވާއެއް އުފުލީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާއަކީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަންކަން ބަޔާން ކުރާ މާއްދާ އެވެ. އޭގެ ދަށުން އުފުލާފައިވާ ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާއްމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އަދި ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އެވެ.

ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ނުވަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ތިން މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަންހެން މީހާއާ މަގުމަތިން ފޮށުނު މައްސަލަ ފެންމަތިވީ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ. އެއާއެކު ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ.
ހިޔާލު

ހަސަނު

މަށަކަށް ދެން ލާހިކެއްނޫން އާއްމު ތަނެއްގައި މީހެއްގެ ފަހަތުން ހިނގާކަށް....