Al Haramain Hajj Group in Makaru hadhaa kamah bunaa mahsala fuluhah
image
ހައްޖަށް ދާ ބަޔަކު--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ހަރަމައިން ހައްޖު ގްރޫޕުން މަކަރު ހަދާ ކަމަށް ބުނާ މައްސަލަ ފުލުހަށް

އަލް ހަރަމައިން ހައްޖު އެންޑު އުމްރާ ގްރޫޕުން ހައްޖަށް ދާން ނަން ނޯޓު ކުރި މީހުން އަތުން އޮޅުވާލައިގެން ގިނައިން ފައިސާ އަތުލާ، ނަން ނޯޓު ކުރާ ތަރުތީބުން ފުރުސަތު ނުދޭ ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފޭސްބުކްގައި މޯލްޑިވްސް ހައްޖު ރިވިއު ނަމަކަށް ކިޔާ ޕޭޖަކަށް އަޕްލޯޑުކޮށްފައިވާ ވީޑިއޯ އެއްގައި އަލް ހަރަމައިން ގްރޫޕުން ހައްޖަށް ދާން ނަން ނޯޓު ކުރި ބަޔަކަށް ފުރުސަތު ނުލިބުމުން ހިތްހަމަނުޖެހިގެން އުޅޭ މަންޒަރު ފެނެ އެވެ. އަދި ލައްކައެއްހާ ރުފިޔާދީގެން ބައެއް މީހުންނަށް ހައްޖަށް ދިއުމުގެ ކަންކަން ހަމަޖެހިފައި ވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެމީހުން ފާޅުކުރާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

އެ ގްރޫޕުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހެޅި ޕްރޮޕޯސަލުގައި ވަނީ ކޮންމެ ހައްޖާޖީއަކު އަތުން ނަގާނީ 69965 ރުފިޔާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަދު ސީއެންއެމް އަށް ވިދާޅުވީ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށާއި އޮންނަ އުސޫލުން އެކަން ބަލަމުންދާ ކަމަށެވެ. އެކަމަކު މިހާރު މިނިސްޓްރީން މިވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

ހަރްމައިން ގްރޫޕުގެ އިސް އޮފިޝަލުން މިއަދު މިނިސްޓްރީ އަށް ވެސް ހާޒިރުކުރި ކަމަށް ވެއެވެ. އެކަމަކު އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.

ކުރީ އަހަރުތަކާ އެއް ގޮތަށް މިއަހަރު ވެސް ހައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދީފައިވާ ކޯޓާއަށް ވުރެ އިތުރަށް ބައެއް ކުންފުނިތަކުން ފައިސާ ނަގަމުން އަންނަކަމުގެ އަޑުތައް ގަދަ އެވެ.

އެކަމަކު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފައިވާކަން އާއްމު ކުރުމަށް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އެކުލަވާލާފައިވާ އުސޫލާއެކު އެފަދަ ކަންކަން މަދުވާނެ ކަމަށާއި އަދި އެފަދަ ގޮތަކަށް އެއްވެސް ކުންފުންޏަކުން އަމަލުކުރާނަމަ އެ ބައެއްގެ އޮފީހަށް ވަދެގެން ވެސް ކަން ހިނގާ ގޮތް ބެލުމުގެ ފުރުސަތު އެ އުސޫލުގެ ދަށުން މިނިސްޓްރީއަށް ލިބޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އޮޅުވާލައިގެން މީހުން އަތުން އެތައް ހާސް ރުފިޔާއެއް ނަގަމުން އަންނަ ކަމުގެ އަޑުތައް ގަދަވި ނަމަވެސް އެކަމާ ގުޅިގެން މިނިސްޓްރީން މިހާތަނަށް ފިޔަވަޅެއް އެޅިކަން ސާފެއް ނުވެ އެވެ.
ހިޔާލު

ރައްޔިތުބެެއްޔާ !

މިވަތަން ސަލާމަތެއް ނުކުރެވޭނެ ! ހިތާމަ ހުރި !

އަލީ

މިދިޔަ އަހަރުވެސް ތިކަން ދިމާވި