Nepal ga fen bodu vumun Dhivessakah gellumeh nuvey
image
ނޭޕާލްގައި ފެންބޮޑުވެފައި-- ފޮޓޯ: އީޕީއޭ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ނޭޕާލުގައި ފެންބޮޑުވުމުން ދިވެއްސަކަށް ގެއްލުމެއް ނުވޭ: ފޮރިން މިނިސްޓްރީ

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެގެން ދިޔަ ހާދިސާގައި އެތަނުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ނޭޕާލަށް ވޭތުވެދިޔަ ހަތަރު ދުވަހު ކުރި ބޯ ވިއްސާރާގައި އެގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް 34 މީހުން މަރުވެ 24 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފައި ވެއެވެ.

ނޭޕާލުގައި ތިބި ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރަދީޕް ކުމާރް ގިޔަވާލީ އަށް ތައުޒިޔާ ފޮނުއްވާފަ އެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ނޭޕާލުގެ ބޮޑު ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.

ނޭޕާލުގެ އިރުމައްޗާއި ދެކުނުގެ ހިސާބުތަކަށް ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޯކޮށް ވިއްސާރަ ކުރަމުންނެވެ.
ހިޔާލު