Sharuthu thakaa eku mashvaraa ah dhaan Iran thayyaaru!
image
އީރާންގެ ރައީސް ހަސަން ރޫހާނީ--
0 ކޮމެންޓް
 

ޝަރުތުތަކާއެކު މަޝްވަރާ އަށް ދާން އީރާން ތައްޔާރު!

އީރާނުން ހުށަހަޅާ ޝަރުތުތަކަށް އެމެރިކާ އިން އެއްބަސްވާ ނަމަ އެ ގައުމާއެކު މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމަށް އީރާނުން ބުނެފި އެވެ.
އާދިއްތަ ދުވަހު ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ މަޝްވަރާތަކަށް ދިއުމަށް ތައްޔާރު ކަމަށެވެ. ނަމަވެސް އޭގެ ކުރިން އީރާނާ މެދު އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށާއި 2015 ވަނަ އަހަރު އެކުލަވާލި ނިއުކުލިއާ އެއްބަސްވުން އިއާދަ ކުރަން ޖެހޭނެ ކަމަށް ހަސަން ރޫހާނީ ވިދާޅުވި އެވެ.

އެމެރިކާ އާއި އިރާނާއި ވިލާތުގެ އިއްތިހާދުގެ ބައެއް ގައުމުތައް ހިމެނޭ ގޮތަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެކުލަވާލެއްވި އެއްބަސްވުމުން އެމެރިކާ ފަހަތަށް ޖެހިފައި ވަނީ 2018 ވަނަ އަހަރު އެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އިސްވެ އޮވެ އޭރު އެކުލަވާލި އެ އެއްބަސްވުމަށް ފާޑު ވިދާޅުވެފަ އެވެ. އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ޓްރަމްޕްގެ ވައުދުފުޅެކެވެ.

ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އެއްބަސްވުމުގެ ބޭނުން ކެނޑިފައިވާ އިރު، އީރާނުން ވެސް ވަނީ އެ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަން މިދިޔަ މެއި މަހު ހާމަކޮށްފަ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ އިރު އެއްބަސްވުމުގައި ބައިވެރިވި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ދަނީ އަލުން މަޝްވަރާތައް ފެށުމަށް ބާރު އަޅަމުންނެވެ.
އީރާން އެމެރިކާ
ހިޔާލު