Sun Rise Party ufahdhan huhdha dheefi
image
"ސަން ރައިސް ޕާޓީ" އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އީސީން ހުއްދަ ދެނީ-- ފޮޓޯ: އީސީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

"ސަން ރައިޒް ޕާޓީ" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި

"ސަން ރައިޒް ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބަޔަކަށް ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "ސަން ރައިޒް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ އެއްވެސް ތަފްސީލެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދާ ރަޖިސްޓްރީ ކުރުމަށް 3000 މެމްބަރުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

މިހާރު ރާއްޖޭގައި ހިންގަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި މޯލްޑިވްސް ޑިވަލަޕްމަންޓް އެލައެންސް (އެމްޑީއޭ) އެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ލީޑާޝިޕުގެ ދަށުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނަމުގައި ވެސް ޕާޓީއެއް އުފެއްދި އެވެ. އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރި އަބްދުރަހީމް އަބްދުﷲ އިސްވެ ހުންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މަސައްކަތް ކުރައްވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ނަމުގައި ޕަޓީއެއް އުފެއްދުމަށެވެ.
އީސީ ސިޔާސީ ޕާޓީ
ހިޔާލު