Raajje ah masthuvaa thakethi ethere kuran ulhunu 2 Dhivehin Chennai airportun hayyaru koffi
image
މީގެ ކުރިން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ ދިވެހިން ޗެންނާއީ އެއާޕޯޓުން ހައްޔަރުކޮށްފި

ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ ދިވެހިން އިންޑިއާގެ ޗެންނާއި އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލް ރާއްޖެ އެތެރެ ކުރަން އުޅުނު އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ ދެމީހުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ޝޭމްޕޫ ފުޅިތަކެއްގެ ތެރޭގައި ބަންދުކޮށްގެން ކަމަށް ވެސް ބުނެފައި ވެއެވެ.

އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ޗެންނާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯ (އެންސީބީ) އަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ހައްޔަރު ކުރިއިރު އެމީހުން ތިބީ މާލެ އަށް ފުރުމަށް ޗެންނާއީ އެއާޕޯޓުގަ އެވެ.
ހިޔާލު