Emme ginain gaanoonee lafaa dhinee ebbasvun thakaa gulhigen: AG Office
image
ރައީސުލްޖުމްހޫރިއްޔާ އަދި އެޓާނީ ޖެނެރަލް-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެންމެ ގިނައިން ގާނޫނީ ލަފާ ދިނީ އެއްބަސްވުންތަކާ ގުޅިގެން: އޭޖީ އޮފީސް

އެޓާނީ ޖެނެރަލުގެ އޮފީހުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ އެކި މުއައްސަސާތަކަށް 502 ގާނޫނީ ލަފާ އަރުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާއްމު ކުރި ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ގާނޫނީ ލަފާ ދީފައި ވަނީ އެއްބަސްވުންތަކާ ގުޅޭ ގޮތުންނެވެ. އެފަދަ ކަންކަމުގައި 170 ގާނޫނީ ލަފާ ދީފައި ވެއެވެ.

ގަވާއިދުތަކާ ގުޅޭ 67 ލަފައެއް އަރުވާފައިވާ އިރު އުސޫލުތަކާ ގުޅޭ 35 ލަފާ އެޓާނީ ޖެނެރަލުގެ އޮފީހުން ދައުލަތުގެ އެކި މުއައްސަސާތަކަށް ދީފައި ވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ މަދުން ގާނޫނީ ލަފާ ދީފައި ވަނީ ބިލު ތަސްދީގު ކުރުމާއި މުއާހަދާތަކާ ގުޅޭ ގޮތުންނެވެ. ބިލު ތަސްދީގުކުރުމާ ގުޅޭ ގޮތުން 16 ލަފާ އަރުވާފައިވާއިރު، މުއާހަދާތަކާ ގުޅޭ ފަސް ލަފާ ދީފައި ވެއެވެ.

އޭގެ އިތުރުން ވެސް އެކިއެކި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކަށް 209 ލަފައެއް ވަނީ ދީފަ އެވެ.
ހިޔާލު