Dhabaru jahaigen negi mechanical parking system thakah MVR 60 million heydha kuri!
image
މާލޭގައި ހުރި ޕާކިން ސިސްޓަމެއް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މާއިދާ މުހައްމަދު ރަޝާދު
5 ކޮމެންޓް
 

ދަބަރު ޖަހައިގެން ނެގި މެކޭނިކަލް ޕާކިން ސިސްޓަމުތަކަށް ކުރީގެ ސަރުކާރުން 60 މިލިއަން ރުފިޔާ ހޭދަކުރި!

މާލޭގެ ޕާކިން މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ކުރީގެ ސަރުކާރުން މެކޭނިކަލް ޕާކިން ސިސްޓަމުތައް ގެންނަން ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ބޭކާރު ކުރެއްވިކަން ހާމަވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް މެކޭނިކަލް ޕާކިން ސިސްޓަމުތައް ގެންނަން ފެށީ 2016 ގައެވެ.

އެތަކެތި މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ހަވާލު ކުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެވެ. އެ ސިސްޓަމުތައް ހަރު ކުރި ނަމަވެސް ބޭނުމެއް ނުކުރެވެ އެވެ.

އެގޮތަށް ބޭނުން ނުކުރެވި ގިނަ ދުވަސްވުމުން، އެ ތަކެތީގައި ދަބަރު ޖަހާފައި ވަނިކޮށް، މިހަފްތާގައި ޕްލޭނިން މިނިސްޓްރީން ވަނީ އެ ސިސްޓަމުތައް ނަގަން ފަށާފަ އެވެ.

އެ މެކޭނިކަލް ޕާކިން ސިސްޓަމުތައް ބެހެއްޓުމަށް ދިޔަ ހަރަދު ބެލުމަށް ސީއެންއެމް އިން ކުރި މަސައްކަތުން އެނގުނީ އެކަމަށް 59،493،520 ނުވަތަ ފަންސާސް ނުވަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިން ހާސް ފަސް ސަތޭކަ ވިހި ރުފިޔާ ހޭދަވި ކަމެވެ.

އެ މައުލޫމާތު ޕްލޭނިން މިނިސްޓްރީން ވެސް ކަށަވަރުކޮށްދެ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މަރިޔަމް އިނާ މާޖިދު ވިދާޅުވީ އެ ޕާކިން ސިސްޓަމް ގެނައީ ވެސް އެކަށީގެންވާ ދިރާސާ ކޮންގެން ނޫން ކަމަށެވެ.

"ކުރީގެ ސަރުކާރުން ޕާކިން ސިސްޓަމްތައް ގާއިމުކުރުމަށް ނިންމާ، އެ މަސައްކަތް ހިންގާފައި ވަނީ އެކަށީގެންވާ މިންވަރަށް ބެލުމަށް ފަހު އެއް ނޫން،" އިނާ ވިދާޅުވި އެވެ.

ސިސްޓަމްތައް ނަގަނީ އެ ތަކެތި މާލެ އަށް އެންމެ އެކަށީގެންވާ ކަމަށް ނުފެންނާތީ ކަމަށާއި އެ ސިސްޓަމްތައް އޮޕަރޭޓް ކުރުމަކީ ޕާކިން މައްސަލައަށް ލުއި ލިބޭނެ ގޮތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ގެނައި އެ ތަކެއްޗާ މެދު ދެން ހަދާނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އަމަލު ކުރަން އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. ތަފްސީލެއް ނުދެއްވި އެވެ.

މާލޭގައި ހުރި ޕާކިން ސިސްޓަމުތައް ޕްލޭނިން މިނިސްޓްރީން ނަގަން ފަށާފައިވާއިރު، ސަރުކާރުގެ ވިސްނުމަކީ އެތަކެތި ހުރި ބިންތައް ޕާކިން ޒޯނަށް ބަދަލު ކުރުމެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ނަމަވެސް، އޭގެ ބޭނުމެއް އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއް ނުވެއެވެ.

ސަރުކާރު ބަދަލުވެ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިދިޔަ ޑިސެމްބަރު މަހު ވަނީ އެ ޕާކިން ސިސްޓަމްތައް ނަގާނެކަން އިއުލާނު ކުރައްވާފަ އެވެ.
އެ ޕާކިން ސިސްޓަމްތަކަކީ މާލޭގެ ޕާކިން މައްސަލައަށް ލުޔެއް ގެނެސްދޭނެ ސިސްޓަމުތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވަނީ އެ ތަކެތި އޮޕަރޭޓު ކުރާނެ ގަވާއިދެއް އެކުލަވާލާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން މުއިއްޒު ސީއެންއެމް އަށް ވިދާޅުވީ ޕާކިން ސިސްޓަމް އޮޕަރޭޓް ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލާ، ރައީސް އޮފީހުން ފާސް ވެސް ކުރި ކަމަށެވެ.

"ނަމަވެސް ޕާކިން ސިސްޓަމުތައް ބަހައްޓާ ނުނިމެނީސް އަމަލު ނުކުރެވޭނެތީ ގެޒެޓު ނުކޮށް ލަސްކޮށްލީ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ސިސްޓަމުތައް ގެނެއީ ރަނގަޅަށް ދިރާސާކޮށްގެން ކަމަށާއި، އެކަމުގެ ލިޔުންތަކާއި، ކުރެހުންތަކާއި ޗާޓުތައް ޕްލޭނިން ޑިޕާޓުމަންޓުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމުގައި އެކި ކަހަލަ ދަތިތައް އަދި ހުރަސްތައް ދިމާވެ ހައްލު ކުރަން ކެނޑިނޭޅި ކުރި މަސައްކަތުން ވެސް އެދެވޭ ކުރިއެރުމެއް ނުލިބުނީ،" ދިރާސާތައް ކުރި ނަމަވެސް، ރައީސް ޔާމީނުގެ ސަރުކާރު ނިމުނުއިރު، އެ ސިސްޓަމުތައް ބޭނުން ކުރަން ނުފެށުނީ ކީއްވެގެންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވި އެވެ.
ހިޔާލު

އެމްޑީޕީ.

ބަލަ! ދަގަނޑަކީ ދަބަރުޖަހާ މަޢުދަނެއްކަން މިސަރުކާރުގެ އިސް ވެރިން ނުދަންނަނީތަ؟ ނުވަތަ ކަންފަސޭހަކޮށް އެކަން ދޫކޮށްލީތަ؟

މަންމާފުޅު އަދުރޭ

ތިއޮތީ މުއިއްޒްވެފަ.... އޭނަކުރި ކޮންމެކަމެއް ހަުރީހަމަ ތިގޮތައް... ރައްޔިތުންގެ ފައިސާ އިސްރާފްކުރި މީހެއްތީ.. އޭނަ އަމިއްލަފުޅައްވެސް ބުނެފައެބަހުރި މިވެނި މަސައްކަތެއް ނޫނީ ހެދިތަނެއް ހެދުމުގެކުރިން ކުރުމުއްދަތެއްގެތެރޭ ހަލާކުވާނެކަން އެގެޔޭ... އެއްވެސްވަރަކަށް ރައްޔިތުންގެ ފައިސާއަށްބެލި މީހެއްނޫން އެއީ. 7އަހަރު އެއްމިނިސްޓްރީ ހިންގިމީހެއް ރައްޔިތުންގެ އެއްވެސް އިޙްސާސްތަކެއް ނޭގުނުމީހެއް

ޔާމީނާ އަދީބު

މުއިއްޒުގެ ގެދޮރުވިއްކައިގެން ތިފައިސާހޯދަންޖެހޭނެ

އަލިސް

ދަބަރު ކަހާފައި އެ ބޭނުން ކުރަން ނޭނގުނު ދޯ މިސަރުކާރަށް. ބޯހަލަކާކު

މުއިޒުުުު

ޕާކިން ސިސްޓަމްގެ 60 މިލިޔަން ރުފިޔާއިން ތޯ މަނިކުފާނުގެ ބައްޕަގެ ގޯތި(އައި،ޖީ،އެމް،އެޗް) ކައިރީ ހުރި ދިމްޔާތު 25 ބުރިއަށް ތިޔަ ނނަގަނީ ހަމަ ގައިމުވެސް 5 އަހަރުގެ މުސާރައިން ނުވާނެ