Mamma ge gain dharifulhah HIV vaasil nuvaa gaumakah Raajje
image
މިއަދު ބޭއްވި ރަސްމިޔާތުގެ ތެރެއިން ސެޓްފިކެޓި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

މަންމަގެ ގައިން ދަރިފުޅަށް އެޗްއައިވީ ވާސިލްނުވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފި

ރާއްޖެ އަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ކަނޑައަޅައިފި އެވެ.
ހޮޓެލް ޖެން ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން އެ ލިޔުން ހަވާލުކުރެއްވީ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް އެވެ.

ރާއްޖޭގެ ފަރާތުން އެލިއުމާ ހަވާލުވެވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބް ރައީސް ވަނީ މިއަދު ލިބުނު ކާމިޔާބީ ދަމަހައްޓަން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖެ އަކީ އެ ސެޓްފިކެޓް ލިބުނު 12 ވަނަ ގައުމެވެ. އަދި އެއީ ގައިން ގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ރާއްޖެ އަށް އެ ޖަމިއްޔާއިން ދިން ހަތަރު ވަނަ ސެޓފިކޭޝަން ވެސް މެއެވެ.
ހިޔާލު