MMPRC hiyaanaathuge evves faisaa eh dhaulathah nulibey
image
އިއްޔެ އޮތް މާލިއްޔަތު ކޮމިޓީގައި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކަވަނީ--
0 ކޮމެންޓް
 

އެމްއެމްޕީއާރުސީ ހިޔާނާތުގެ އެއްވެސް ފައިސާއެއް އަދި ދައުލަތަށް ނުލިބޭ: ފުލުހުން

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތާ ގުޅިގެން މިހާތަނަށް އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެ ކޮޕަރްޝަނާ ގުޅިގެން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ފުލުހުންގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދައުލަށް ލިބެން ޖެހޭ ހިޔާނާތުގެ ފައިސާ ހޯދުމަށް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް މިހާރު ވެސް ހޯދިފައިވާ ކަމަށާއި އެކަމަކު އަދި އެއްވެސް މީހެއްގެ އެކައުންޓް ފްރީޒްކޮށްފައި ނުވާނެ ކަމަށެވެ. އޭގެ އިތުރުން ގެއްލުނު ފައިސާ އިން އެއްވެސް މިންވަރަށް އަދި ދައުލަތަށް އަނބުރާ ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލިފައި ވަނީ 1.2 ބިލިއަން ރުފިޔާ ކަމަށް ތަހުގީގުތަކުން ހާމަވެއެވެ.
ހިޔާލު