Gavaaidhaa hilaafah masakkaiy kuramun dhiya 2 geyehga masakkaiy huttuvaifi
image
މާލޭ ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓިފައި-- ފޮޓޯ: ޕީއެސްއެމް ނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ދެ ގެއެއްގެ މަސައްކަތް ހުއްޓުވައިފި

މާލޭގެ އިމާރާތްތައް އިންސްޕެކްޓު ކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ދެ ގެއެއްގެ މަސައްކަތް ހުއްޓުވައިފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ދެ ގެއެއްގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށާއި ދުވަސްވެ، ވެއްޓެން ގާތް ވެފައިވާ ހަ ގެއެއް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އެ ހަ ގޭގެ މައުލޫމާތު ސިޓީ ކައުންސިލުން ވަނީ ޕްލޭނިން މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ. މިހާރަކަށް އައިސް ގިނަ ދުވަސްވެފައިވާ އިމާރާތްތަކުގެ ބެލްކަނީ ވެއްޓުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ޖޫން މަހު 26 ގައި މާލޭގެ ގެއެއްގެ ބެލްކަނީ އެއް ވެއްޓި ފަސް މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ލިބިފަ އެވެ. މި ހަފްތާގައި ވެސް ގެއެއްގެ ބެލްކަނީން ބައެއް ވެއްޓުނެވެ.
ހިޔާލު