Vagah nagaafavaa thakethi vikkan ulhunu meehaku hayyaru koffi
image
ވަގަށް ނަގާފައިވާ ތަކެތި-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވަގަށް ނަގާފައިވާ ތަކެތި ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސާމާނުތަކެއް ވިއްކަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ސާމާނުތަކެއް ވިއްކަން އުޅުމުގެ ތުހުމަތުގައި މިމަހުގެ 14 ވިލޭރޭ ދަންވަރު 02:00 ހާއިރު 29 އަހަރުގެ ފިރިހެނަކު ވިލިމާލެ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ގެންގުޅުނު ދަބަހެއް ފާސްކުރިިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނު ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިތުރަށް އެތަކެއްޗާ ބެހޭ މައުލޫމާތު ސާފުކުރުމުން އެއީ މަރާމާތު ކުރުމުގެ މަސައްކަތެއް ކުރަމުން ދިޔަ އިމާރާތެއްގައި ބޭނުންކުރާ ސާމާނު ތަކެއްކަން ފުލުހުންގެ ތަހުގީގުންއަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިހާރު އެ ސާމާނުތައް އެގޭގެ ވެރި ފަރާތަށް ހަވާލުކޮށްފައި ވާއިރު އެ މައްސަލަ ދަނީ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހިޔާލު