Meehun thamreenu kurumuge fenvaru kashavaru kuran fashanee
image
ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

މީހުން ތަމްރީންކުރުމުގެ ފެންވަރު ކަށަވަރުކުރަން ފަށަނީ

ރާއްޖޭގައި އެކި ދާއިރާތަކަށް މީހުން ތަމްރީނު ކުރަން ބޭނުންވާ މައިގަނޑު ހަ ދާއިރާއެއްގެ ފެންވަރު ކަށަވަރު ކުރުމަށް ކައުންސިލުތަކެއް އުފައްދަން ނިންމައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ "ވޯލްޑް ސްކިލްސް ޑޭ" އާ ގުޅުވައިގެން ކައުންސިލުތަކުގެ މަސައްކަތް ތައާރަފު ކުރަން ނިންމިއިރު އެ ކައުންސިލުތައް ތައާރަފު ކުރަނީ ތަމްރީނުތައް ދޭނެ ފެންވަރާ މެދު ގޮތް ނިންމުމަށެވެ.

އެމްޕްލޮއިމަންޓް ސެކްޓާ ކައުންސިލުގައި ހިމެނޭނީ އިޖުތިމާއީ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާގެ އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާ އާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެވެ.

ކައުންސިލުތައް ތައާރަފުކުރުމާ ގުޅިގެން ޓިވެޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓާ އަލީ ރިޔާޒު ވިދާޅުވީ، އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ އެ ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށެވެ.

ކައުންސިލަށް މެމްބަރުން އައްޔަން ކުރުމަށް ފަހު ތަމްރީނު ޕްރޮގްރާމުތަކުގެ ފެންވަރު އެކުލަވާލާނީ އެ ކައުންސިލުންނެވެ.

އދ. ގެ ގަރާރަކުން 2014 އިން ފެށިގެން ސްކިލް ޑޭ ގައުމުތަކުގައި ފާހަގަކުރަމުން އައި ނަމަވެސް މިއީ ރާއްޖޭން މި ދުވަސް ފާހަގަކުރަމުން އަންނަ ފުރަތަމަ ފަހެރެވެ.
ހިޔާލު