Angelhack Maldives 2019 ge eh vana team staylight ah
image
އޭންޖެލްހެކް މޯލްޑިވްސް 2019 ކާމިޔާބު ކުރި ޓީމްސްޓޭލައިޓް-- ފޮޓޯ: ދިރާގު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އޭންޖަލްހެކް މޯލްޑިވްސް 2019 ގެ އެއް ވަނަ ޓީމް ސްޓޭލައިޓަށް

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، ދިރާގު އަދި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބޭއްވި ''އޭންޖަލްހެކް މޯލްޑިވްސް 2019'' ކާމިޔާބު ކުރި ފަރާތް އިއުލާން ކޮށްފިއެވެ.
އެ އިވެންޓު ކާމިޔާބު ކުރީ ޓީމް ސްޓޭލައިޓެވެ. އިވެންޓު ކާމިޔާބު ކުރުމާއެކު ޓީމް ސްޓޭލައިޓަށް ވަނީ ''އޭންޖަލްހެކްސް ޕްރީއެކްސެލެރޭޓާ'' (ހެކްސެލެރޭޓާ) ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ލިބިފައެވެ.

އެ ޓީމުން މި އިވެންޓުގައި ދައްކާފައިވަނީ އެކޮމޮޑޭޝަން ބުކިން އަށް އިންސްޓޯލްމެންޓް ޕޭމެންޓް މޮޑެލްއެކެވެ.

''އޭންޖަލްހެކް މޯލްޑިވްސް 2019'' ގައި 10 ޓީމަކުން ބައިވެރިވެފައިވެއެވެ.

އޭންޖަލްހެކް އަކީ ބައިނަލްއަގްވާމީ ހެކަތޯން އެކެވެ. އެ ހެކަތޯން އެންމެ ފުރަތަމަ ފަށާފައި ވަނީ ސެން ފްރާންސިސްކޯ ގައެވެ.

އޭގެ ފަހުން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައ 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުން، ޑިޒައިނަރުން އަދި ކުދި ވިޔަފާރިވެރިނަށް ވަނީ މި ހެކަތޯންގެ ގެ ސަބަބުން އެހީތެރިވެފަ އެވެ

ދިރާގު އެމްއެމްއޭ
ހިޔާލު