Sticker jahan feshee park kuraane thanthan dhehkumah fahu: Minister Nahula
image
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
5 ކޮމެންޓް
 

ސްޓިކާ ޖަހަން ފެށީ ޕާކް ކުރާނެ ތަންތަން ދެއްކުމަށް ފަހު: މިނިސްޓަރު ނަހުލާ

މިހާރު އުޅަނދު ފަހަރުގައި ސްޓިކާ ޖަހަމުން ދަނީ ޕާކު ކުރާނެ ތަންތަން ހެދުމަށް ފަހު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި އެގޮތުން ސަރުކާރު ބަދަލުވުމާއެކު ޕާކު ކުރާނެ ތަންތަން އޭރު ނެތުމުން ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް މިހާރުު ސްޓިކާ ޖަހަނީ ޕާކު ކުރާނެ ތަންތަން ދެއްކުމަށް ފަހު ކަމަށެވެ.

"އޭގެ ފަހުގައި އަޅުގަނޑުމެން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކު ކުރާނެ ތަންތައް އިތުރަށް ހަދާފައި ވާނީ. އިތުރަށް ވެސް އެކަން ފުޅާކުރުމަށްޓަކާ ކުރިއަށް އޮތް ތަނުގައި ޕާކު ކުރާނެ ތަންތަން އިތުރުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސައިކަލުން ފައިބާ ގޮތަށް ކަފިހި ހުރަސް މަތީގައި ސައިކަލު ބަހައްޓާފައި ދިއުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ވެހިކަލުގައި މިހާރު ސްޓިކާ ޖަހަނީ އެ އުޅަނދެއް އޮތް ސަރަހައްދު ފޮޓޯ ނެގުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓިކާ ޖަހަން ފެށީ ޕާކް ކުރާނެ ތަންތަން ދެއްކުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ޕާކު ކުރާނެ ތަނެއް ނެތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ވެސް ކިޔަވަމުންނެވެ.

މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ ކުރީ ސަރުކާރުން ވަނީ މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ވެސް ބަހައްޓާފަ އެވެ.

އެކަމަކު އެ ތަކެތި ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއްވެ، ދަބަރު ޖަހާފައި ހުރިއިރު މިހާރު ޕްލޭނިން މިނިސްޓްރީން އަންނަނީ އެތަންތަން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެތަންތަން ނެގުމަށް ފަހު އެތަންތަނުގައި ޕާކިން ޒޯނުތައް ގާއިމު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހިޔާލު

ޑިމޮކްރަސީ

އިސްޓިކާ ޖަހަނީ ޕާކްކުރަނެ ތަންދައްކާފަ އޭ ބުނާ އިރު ލޮނު ޒިޔާރަްކޮޅުގަ ޕާކު ކޮށްފަ މާފަންނަށް ހިގާފަ ތަ އަންނަންވީ އަގަ އޮތީމަ ވާހަކަ ދައްކަނީ، ސްޓިކަރ ވެސް ޖަހަނީ ޓޯޔާޑަށްވެސް ނަގަނީ ލާރި ލިބެން އޮތްގޮތަކަށް ރައްޔިތުން ފެލާލުން މައިގަޑު މަސައްކަތަކީ

ގާސިމް

ޕާކިންދެއްކީ ގާސިމްށް އެކަނިތޯ؟

ސުވާލުއުފެދޭ

ކަނޑައެޅިގެން އިތުރުފުޅެއް ތި ހެެއްދެވީ. ތި ބޭފުޅާއަށްވެސް ގޭ ކއިރިން ޕްރައިވެޓް ޒޯން ކަނޑއަޅާފައި އޮންނަ ފަަދައިން އަޅުގަނޑުމެނަށްވެސް ކަނޑައަޅާ. ކީވެގެންތޯ ކަމަނާގެ ކާރު ބޮޑުތަުރުފާނު މަގުގައި ޕާކް ނުކުރަނީ ގޭ ކައިރިން ޒޯން ކަނޑައަޅަންޖެހޭތޯ. ދައުލަތުން މުސާރަދަިފައި ޑްރައިވަރަކު ހުރޭ ކިތަންމެ ދުރަކުވެސް ކުރަންވީނު.
ކޮންމެ ބަންގާޅީއެއް ގެންގުޅޭ ޖަމަލުގައި ބޮޑު ބާސްކެޓެއް ހަރުކޮށް ޕާކްކުރަނީ 2 ސަައިކަލުގެ ޖާގަ ޖަމަލުނަގާ. އެއްވެސް ފީއެއް ދެއްކުމެއްނެތި ބިދޭސީން ޕާކިންޒޯން ބޭނުންކުރަނީ. ބައިސްކަލާއި ހަލާކުވެފައިހުރި ވެހިކަލްތައް ޒޯންތަކުގައި ގިނަކަމުން ޕާކްކުރާ ތަނެއް ނޯވެ. ޒޯންތައްވެސް ބަންގާޅިން ނަގާފއި ހުންނަނީ ކޮންސްޓްރަކްޝަން ސާމާނު ބަހައްޓަން.

ކޮލެޖު ބޯއި

ޕޭމަންޓަށް ނޭރޭގޮތަށް، ޕޭމެންުޓުން ހިނގާ މީހުނަށް ޕޭމަންޓުން ނުފޭބޭގޮތަށް ޕާކްކޮށްފައި ހުންނަ ސައިކަލުގައި ސްޓިކާ ޖަހަން ޖެހޭ

މަހަމަ

ހުސް ދޮގު. ކޮން ފޮޓޯއެއް ނަގަނީ.