Raajje ishthihaaru kuran 21 harakaatheh hingan nimmaifi
image
2018 ވަނަ އަހަރުގެ ޑަބްލިއުޓީއެމްގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖެ އިޝްތިހާރު ކުރަން 21 ހަރަކާތެއް ހިންގަން ނިންމައިފި

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 21 ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
ދެކުނު ކޮރެއާ އާއި ސްވިޓްޒެލެންޑު، ޖަރުމަނާއި އޮސްޓްރޭލިއާ އަދި ފްރާންސާއި އިޓާލީގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކަށް ހާއްސަކޮށް ތައިލެންޑުގައި ހާއްސަ ރޯޑްޝޯ އެއް ބާއްވަން ހަމަޖެހިފައި ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްރެވެލް ފެއާތައް ވެސް ބާއްވަން ނިންމާފައި ވެއެވެ.

މި ގައުމުތަކުގެ އިތުރުން ރަޝިއާ، ޖަޕާނު، ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާގައި ވެސް އެ ރޯޑްޝޯގެ ހަރަކާތް ބާއްވަން ހަމަޖެހިފައި ވެއެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ވަނީ މި އަހަރުގެ މިހާތަނަށް 20 ހަރަކާތެއް ހިންގާފަ އެވެ. ކުރިއަށް ހުރި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ހަރަކާތަކީ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) އެވެ.

މި ފެއާ އަކީ އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ފެއާއެވެ. ރާއްޖެ އިޝްތިހާރު ކުރަމަށް ކަނޑައަޅާފައިވާ 157 މިލިއަން ރުފިޔާ އިން މިހާތަނަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
ހިޔާލު