Vai nusaafuvaa kankamun dhuruhelivumah Health Minister govaalahvaifi
image
"ބްރީތްލައިފް" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
0 ކޮމެންޓް
 

ވައި ނުސާފުވާ ކަންކަމުން ދުރުހެލިވުމަށް ހެލްތު މިނިސްޓަރު ގޮވާލައްވައިފި

ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ފެކްޓްރީތަކެއް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެށި ރައްކާތެރި ނޫން ކަމަށާއި އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށް ވައި ނުސާފުވުމަށް މަގުފައިވާ ކަންކަމުން އެންމެން ވެސް ދުރުހެލިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައްވައިފި އެވެ.
މިއަދު "ބްރީތްލައިފް" ކެމްޕެއިން ހޮޓަލް ޖެންގައި އިފްތިތާހު ކުރިއިރު މިއީ ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާހު ކުރުމާއި ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އެންވާރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ ހަރަކާތެކެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ޝަރަފްވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވަނީ ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ސިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި ސްޓްރޯކް އަދި ހިތުގެ ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށެވެ. އެހެންކަމުން ވައި ތަގައްޔަރުވުން ކުޑަ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި އިފްތިތާހު ކުރި ކެމްޕެއިނަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ވައި ތަގައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމަކަމަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތެކެވެ.
ހިޔާލު