Ingiyyeh bindhumun Kulhudhuffushi hospitalun faruvaa nudhevi Male ah!
image
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ކޭއޯ
0 ކޮމެންޓް
 

އިނގިއްޔެއް ބިނދުމުން ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާ ނުދެވި މާލެ އަށް!

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ގޮސްފައި ވާތީ، އިނގިއްޔެއް ބިނދިގެން ދިޔަ މީހަކަށް ފަރުވާ ނުދެވި މާލެއަށް ފޮނުވާލަން ޖެހިއްޖެ އެވެ.
ދެ ސައިކަލު ޖެހި ކުޅުދުއްފުށީގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ވަނީ 17 އަހަރުގެ ކުއްޖެއްގެ ކަނާތު ކަށި އިނގިލި ބިންދައިގެން ގޮސްފަ އެވެ.

އެ ކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމުން އެތަނުން ދެވެން ހުރި ފަރުވާ ދިނުމަށް ފަހު ކަށީގެ ޑޮކްޓަރެއް ނެތުމުން މިއަދުގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފަ އެވެ.

އެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި، ހަދީޖާ އަލީ ސީއެންއެމް އަށް ވިދާޅުވީ، މިދިޔަ މަހުގެ 29 ގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ކަށީގެ އެއްވެސް ހިދުމަތެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިވަގުތަކު ނުލިބެ އެވެ. އަދި ޑޮކްޓަރު އެނބުރި އަންނާނީ ޗުއްޓީ ނެގިތާ 45 ދުވަސް ފަހުން ކަމަށް ހަދީޖާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އާބާދީ ބޮޑު ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ދެހާސް ސާދަވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހއ، ހދ. އަދި ށ، އަތޮޅުގެ އާބާދީ އަކީ 43701 މީހުންނެވެ. އެކަމަކު ކަށީގެ ޑޮކްޓަރެއް ނެރުމުން އެ ތިން އަތޮޅުގެ މީހުން ވެސް މިހާރު ޖެހެނީ މާލެ އަންނާށެވެ.
ހިޔާލު