Mi aharuge Dhiraagu Road Race September 20 ga
image
ރޯޑް ރޭސް 2016 ގެ ތެރެއިން-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މި އަހަރުގެ ދިރާގު ރޯޑް ރޭސް ސެޕްޓެމްބަރު 20 ގައި

ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ގެ މި އަހަރުގެ އިވެންޓް އަންނަ ސެޕްޓެމްބަރު މަހު 20 ގައި ބާއްވަން ދިރާގުން ނިންމައިފި އެވެ.
ހުޅުމާލޭގައި ބާއްވާ ރޭހުގައި އެހެން އަހަރުތަކާ އެއް ގޮތަށް މި އަހަރު ވެސް ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުން އޮންނަ އިރު މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ދުވަހާއި އިތުރު ތަފްސީލުތައް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރެކޭވެސް އެއް ގޮތަށް މި އަހަރުގެ ރޯޑްރޭސްގެ ޝިއާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދިރާގުން ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް މި އިވެންޓްގައި ބައިވެރިވެ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ރޯޑް ރޭހުގައި އެންމެ ގިނަ ދުވުންތެރިން ހިޔާރު ކުރާ ފަސް ޖަމިއްޔާއަކަށް 200،000 ރުފިޔާ ހަދިޔާކުރަން ދިރާގުން ވަނީ ނިންމާފަ އެވެ.

މިއީ ހުރިހާ އުމުރަކަށް ހުޅުވާލައިގެން ގުޅުންތައް ބަދަހިކުރުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު ހޭލުންތެރިކަން އިތުރު ކުރުމާއި، އަމިއްލަ ޖަމާއަތްތަކަށް އެހީވުމުގެ ގޮތުން ދިރާގުން ބާއްވާ ހަރަކާތެކެވެ.

2007 ވަނަ އަހަރު ދިރާގުން ތައާރަފު ކުރި މި ރޯޑް ރޭސް މެދުކެނޑުމެއް ނެތި ބާއްވާތާ މިހާރު 13 އަހަރު ވެއްޖެ އެވެ. އަދި މި އިވެންޓަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބާއްވާ އެންމެ މަގްބޫލު ކުޅިވަރު އިވެންޓު ވެސް މެއެވެ.
ހިޔާލު