Haramain Jamaaathuge meehun fuluhah haazirukoh bayaan nagaifi
image
ހަރަމައިން ޖަމާއަތުގެ ބައެއް އިސްވެރިންނާއި އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ އާންމުންތަކެއް--
0 ކޮމެންޓް
 

ހަރަމައިން ޖަމާއަތުގެ މީހުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް އަލް ހަރަމައިން ގްރޫޕުން ފައިސާ ނަގާ މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހައްޖަށް މީހުން ގެންދާނެ އަގުގެ ގޮތުގައި ހަރަމައިން ގްރޫޕުން 69965 ރުފިޔާ، އެކަމަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލުގައި ޖެހި ނަމަވެސް އެއް ލައްކަ ރުފިޔާ ނަގާ ކަމުގެ އަޑުތައް ވަރަށް ގަދަ އެވެ.

އެގޮތުން ނަން ނޯޓު ކުރާ ތަރުތީބުން ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ ގިނައިން ފައިސާ ދެއްކުމުން ފަހުން ނަން ނޯޓުކުރާ މީހުންނަށް ކުރިން ފުރުސަތުދޭ ކަމަށް ބުނެ ބަޔަކު އެ ޖަމާއަތުގެ އޮފީހުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާއްމުވި އެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީން އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ ޖަމާއަތުގެ މީހުން ފުލުހަށް ހާޒިރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގައި އިތުރަށް ފައިސާ ނަގާ ކަމުގެ އަޑުތަކަކީ ޒަމާނުއްސުރެ އިވޭ ވާހަކަތަކެކެވެ. މިއަހަރު ވެސް އެ އަޑުތައް އަރާފައި ވާއިރު އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި މިއަހަރުގެ މިހާތަނަށް ހަމައެކަނި ލިބިފައި ވަނީ ހަރަމައިން ގްރޫޕުން އިތުރަށް ފައިސާ ނަގާ މައްސަލަ އެކަންޏެވެ.
ހިޔާލު