Airport ga muvazafunnah parking zone eh hadhaifi
image
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުޅުވި ޕާކިން ޒޯން-- ފޮޓޯ: އެމްއޭސީއެލް
0 ކޮމެންޓް
 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުވައްޒަފުންނަށް ޕާކިން ޒޯނެއް ހަދައިފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހުޅުވައިފި އެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ޕާކިން ޒޯނު ހެދީ އެއާޕޯޓުގެ އާ ރޭޑަރު ހުންނަ ހިސާބުގަ އެވެ. އެތަނަކީ 4،250 އަކަމީޓަރުގެ ބޮޑު ތަނެކެވެ.

އެމްއޭސީއެލުން ބުނީ އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންގެ އުޅަނދުތައް އެތަނުގައި ޕާކު ކުރެވޭނެ ކަމަށެވެ. އެގޮތުން 11 ހަތަރު ފުރޮޅުލީ އުޅަނދާއި 862 ސައިކަލު ޕާކު ކުރެވޭނެ ޖާގަ އެތަނުގައި ވެއެވެ.

ސިނަމާލެ ބްރިޖުން އެއާޕޯޓަށް ދެވޭ ގޮތް ވުމުން މިހާރު އެއްގަމު އުޅަނދު ފަހަރުގައި އެއާޕޯޓަށް ދަތުރު ކުރާ މީހުން ގިނަ އެވެ. އެހެންވެ މިދިޔަ އަހަރު ވެސް އެއާޕޯޓުގައި 4،993 އަކަމީޓަރުގެ ޕާކިން ޒޯނެއް ހުޅުވި އެވެ.
ހިޔާލު