The Judge documentary Olympuhuga dhahkanee
image
ދަ ޖަޖް ޑޮކިއުމަންޓްރީގެ ޕޯސްޓަރެއް-- ފޮޓޯ: ދަ ޖަޖް ފިލްމް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ހެރިޓޭޖް މިނިސްޓްރީން "ދަ ޖަޖް" ޑޮކިއުމެންޓަރީ އޮލިމްޕަހުގައި ދައްކަނީ

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި އުތަމަ ޖަމިއްޔާ ގުޅިގެން މާދަމާ ރޭ "ދަ ޖަޖް" ޑޮކިއުމަންޓަރީ އޮލިމްޕަހުގައި ސްކްރީން ކުރުމަށް ހަމަޖައްސައިފި އެވެ.
މެދު އިރުމަތީގެ ފުރަތަމަ ޝަރުއީ އަންހެން ފަނޑިޔާރު، ޚުލޫދު އަލް ފަޤީހުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީ ބަލާލަން ވަނުމުގެ ފުރުސަތު އޮތީ ހިލޭ އެވެ.

ޑޮކިއުމަންޓަރީ ދައްކާލުމަށް ފަހު "ފަނޑިޔާރުގެ އާއި އަންހެނުން" މައުޟޫއަށް ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ވެސް މިނިސްޓްރީން ވަނީ ރާވާފަ އެވެ.

އެ ޕެނަލުގައި ތިން ބޭފުޅަކު ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ރައީސާ އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ އަނީސާ އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ.

އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ގެ އިތުރުން ގާނޫނީ ވަކީލު ޑރ. އަޒްމިރަލްޑާ ޒާހިރު ވެސް ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޕެނަލް ޑިސްކަޝަންގައި މޮޑަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ ހުމެއިދާ އަބްދުލްގަފޫރެވެ.

"ދަ ޖަޖް" އަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ދޮޅުގަޑި އިރުގެ ޑޮކިއުމަންޓްރީ އެކެވެ. އޭގެން ދައްކައި ދެނީ ވަކީލެއްގެ ގޮތުގައި ޚުލޫދު އަލް ފަޤީހު ކުރެއްވި ބުރަ ދަތުރެވެ. އަދި އަންހެނުންނަށް އިންސާފު ހޯދައި ދެއްވުމަށް ކުރައްވާ މަސައްކަތުގެ އިތުރުން ރަސްމީ ބައެއް މަސައްކަތްތަކާއި އާއިލީ ދިރިއުޅުން ވެސް ފެނިގެން ދާނެ އެވެ.

މި ޑޮކިއުމަންޓްރީ ސްކްރީން ކުރުން އޮތީ މާދަމާ ރޭ 08:30 ގަ އެވެ.
ހިޔާލު

އއއ

ކޮންމެވެސް ޕްރޮޕެގެންޑާއެއް ހަދަން އެ އުޅެނީ! ހޭއަރާތިބޭތި!