Hulhumale gai aa school eh alhanee
image
ރެހެންދި ސުކޫލް-- ފޮޓޯ: ސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހުޅުމާލޭގައި އާ ސްކޫލެއް އަޅަނީ

ހުޅުމާލޭގައި އާ ސްކޫލެއް ޑިޒައިންކޮށް، ކުރެހުމާއި ބީއޯކިއު އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މާދަމާ އިން ފެށިގެން ޖުލައި 24 އަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 01:00 އަށް އަށް ނަން ނޯޓް ކުރަން އެދޭ ކަމަށެވެ.

އެ މަސައްކަތާއި ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ޖުލައި 25 ގައި އެ މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަންގެ (ވެލާނާގެ އަށްވަނަ ފަންގިފިލާ) ޖަލްސާ ކުރާ މާލަމުގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހަމަ އެ މިނިސްޓްރީގަ އެވެ. ޕްރޮޖެކްޓަށް ނަން ނޯޓު ކުރުމުގެ ކަންކަން ހަމަޖައްސާފައި ވަނީ މިނިސްޓްރީގެ ރިސެޕްޝަނުގަ އެވެ.
ހިޔާލު