JSC ge thahugeegah Supreme Court ge 3 fandiyaarehge bayaan nagaifi
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން-- ފޮޓޯ: ރާއްޖެއެމްވީ
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ޖޭއެސްސީގެ ތަހުގީގަށް ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ބަޔާން ނަގައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ބަޔާން މިއަދު ނަގައިފި އެވެ.
ޖޭއެސްސީން ބުނީ މިއަދު ނަގާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ބަޔާން ކަމަށެވެ.

އެ ތިން ފަނޑިޔާރުންނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ހުރިހާ ސިޔާސީ ފަރާތްތައް ޖަލުން ދޫކުރުމަށް ބޮޑު އަމުރެއް ނެރުމަށް ފަހު، އެ އަމުރު ބާތިލް ކުރުމުގައި ބައިވެރިވި ތިން ފަނޑިޔާރުންނެވެ.

އެ އަމުރު ބާތިލް ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހުގަ އެވެ.

އެދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭރު ޖަލުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާއި އިތުރު އެތައް ބަޔަކު ވަގުތުން މިނިވަން ކުރުމަށެވެ.

އެ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާއެކު އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީން މިހާރު ވަނީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފަ އެވެ.

ފަނޑިޔާރު އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރު އަދި އެ ކޮމިޝަންގެ ރައީސެވެ.

އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅި ދެ ޝަކުވާއެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނީ މިިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ޝަކުވާތަކުގެ ތަފްސީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު

އަރީޒް

އާޖް ސުޕިރީމްކޯޓް އިސް ނަތީޖޭމޭ ޕޮހިޗީހޭކެ.. އިސްދޭޝްމޭ ހަމްލީގޯކޯ ކުއްތޭކީ އިއްޒަތު ބީ ނެހީ ދޭތާހޭ..އޯ ހަމްލޯގު އަޕްނޭއާޕްކޯ ބާއިއްޒަތު ބަރީކަރް އިސް އަދާލަތުކާ މުގަދްމާ ބަންދުކަރްތާހޭ.

މަންމާފުޅު އަދުރޭ

ތި ތިންމީހުންނަަކީ އަމިއްލައަތުން ސޮއިކޮށްފަ ނެރުނުއަމުރެއްް 5ވަރަކަށްދުވަސްފަހުން އެއަމުރު ދިމާއިދިކޮޅަށް ބަދަލުކުރި ތިންމީހުން. މިހެންކަމުން މިމީހުންގެ ފެންވަރާމެދު ސުވާލު އުފައްދާކަށްވެސް ނުޖެހޭ ހަމަ ވަގުތުން މަޤާމުންދުރު ކުރަންޖެހޭ. އިސްލާމީ އުމައްތެއްގެ ރައްޔިތުންނަށް ޙުކުމް ކުރަން މިވެރިން ބައިތިއްބަން ހެޔޮނުވާނެ