Katrina eynage 36 vana ufandhuvas Mexico gai
image
ކެޓްރީނާ---
0 ކޮމެންޓް
 

ކެޓްރީނާގެ 36 ވަނަ އުފަން ދުވަސް މެކްސިކޯގައި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް، އޭނާގެ 36 ވަނަ އުފަން މެކްސިކޯގައި ފާހަގަކޮށްފިއެވެ.
ކެޓްރީނާއަށް އިއްޔެ 36 އަހަރު ފުރިފައިވާއިރު އޭނާ ވަނީ ރައްޓެހިން އަދި އާއިލާގެ ބައެއް މެންބަރުންނާއެކު އުފަންދުވަސް ފާހަގަކުރުމަށް މެކްސިކޯއަށް ގޮސްފައެވެ. މެކްސިކޯގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގެ ބައެއް ފޮޓޯތައް ހިއްސާކުރަމުން އަންނަ އިރު ކެޓްރީނާއަށް ވަނީ އުފަންދުވަހު ގިނަ ބަޔަކު ތަހުނިޔާ ކިޔާފައެވެ.
View this post on Instagram

🎂+ 🇲🇽 =💛

A post shared by Katrina Kaif (@katrinakaif) on


ކެޓްރީނާ ވަނީ މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭނާގެއުފަން ދުވަހާ ދިމާކޮށް އޭނާ މަސައްކަތުން ޗުއްޓީއެއް ނަގާނެ ކަމަށާއި ރައްޓެހިން އަދި ދައްތައިންނާއެކު ބޭރަށް ދާން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެޓްރީނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ "ބާރަތު" އިންނެވެ. އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރުގެ މާޗް މަހު ނެރުމަށް ހަމަޖެހިފައިވާ "ސޫރަޔަވަންޝީ" އިންނެވެ.
ހިޔާލު