Quds massalaiga mashavaraa kuran State Minister Khaleel Jeddah ah
image
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލު-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ގުދުސް މައްސަލައިގައި މަޝްވަރާ ކުރަން ސްޓޭޓް މިނިސްޓަރު ހަލީލު ޖިއްދާ އަށް ފުރާވަޑާއިގަންނަވައިފި

އިޒްރޭލުން ގުދުސް އަށް ވެރިވެ ގަނެފައިވާ މައްސަލައިގައި ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލު މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި އޮންނަ ބައްދަލުވުމަށް ހަލީލު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. އެ ބައްދަލުވުމަކީ "އަލް ގުދުސް އަލް ޝާރިފް" މައްސަލައިގައި އޮންނަ ފޮރިން މިނިސްޓަރުން ފެންވަރުގެ އޯއައިސީ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމަކީ އޯއައިސީގެ މައި އިދާރާގައި މާދަމާ އޮންނަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އިޒްރޭލުން ގުދުސް އަށް ވެރިވެ ގަނެފައިވާ މައްސަލައިގައި ގައުމުތަކުން މަޝްވަރާ ކުރާނެ އެވެ. އަދި ފަލަސްތީނުގެ މުސްލިމުންނަށް ކުރިމަތި ކުރުވާ ފިއްތުންތަކުގެ ވާހަކަ ވެސް މަޝްވަރާ ކުރާނެ އެވެ.

އެގޮތުން ގުދުސްގައިވާ ފަލަސްތީނު މީހުންގެ ބިންތައް ގަދަކަމުން އަތުލާފައިވާ މައްސަލަ އާއި ގުދުސްގައި ޔަހޫދީން އާބާދު ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން އެތައް ހާސް ފަލަސްތީނު މީހުންގެ ގެތައް ހަލާކުކުރާނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލައާ މެދު ވެސް މަޝްވަރާ ކުރާނެ އެވެ.

އޯއައިސީ އަކީ އދ. އަށް ފަހު ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ. އޯއައިސީގެ މެމްބަރުންގެ ގޮތުގައި 57 ގައުމު ހިމެނެ އެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އިސްލާމީ ގައުމުތަކާއި މުސްލިމުންގެ ކަންކަން ބެލުމެވެ.
ހިޔާލު