Peruge Kureege Raeesaku America in Hayyaru Koffi
image
އަލްޖެންދްރޯ---
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ޕެރޫގެ ކުރީގެ ރައީސަކު އެމެރިކާއިން ހައްޔަރުކޮށްފި

ޕެރޫގެ ކުރީގެ ރައީސް އަލްޖެންދްރޯ ޓޮލެޑޯގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ތުހުމަތުތަކާއި ގުޅިގެން އެމެރިކާއިން ހައްޔަރުކޮށްފިއެވެ.
އެމެރިކާގައި އުޅުއްވަމުން ގެންދަވަނިކޮށް އަލްޖެންދްރޯ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އެމެރިކާގެ އުތުރު ކެލިފޯނިއާގެ ކޯޓަކުން އަލްޖެންދްރޯ ބަންދުގައި ބަހައްޓަން މިހާރު ވަނީ އަމުރެއް ވެސް ދީފައެވެ. އަލްޖެންދުރޯ ހައްޔަރުކޮށްފައިވަނީ ޕެރޫގެ އެދުމުގެ މަތިން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އަލްޖެންދްރޯގެ މައްޗަށް ކުރަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޮޑެބްރެޗްއިން 20 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގި ކަމުގެ ތުހުމަތެވެ. އޮޑެބްރެޗްއިން ވަނީ އެސަރައްހައްދުގެ އެކި ގައުމުތަކުގެ އިސްވެރިންނަށް ބައެއް މަޝްރޫއުތަކުގެ ބަދަލުގައި 800 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދީފައިވާ ކަމަށް އެއްބަސްވެފައެވެ.

އަލްޖެންދްރޯގެ ވަކީލު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެފައެވެ.

ޕެރޫގެ ރައީސްކަން އަލްޖެންދުރޯ ކުރައްވާފައިވަނީ 2001 އިން 2006 އަށެވެ. އަލްޖެންދްރޯ ވަނީ ދައުރު ހަމަވުމުން ދިރިއުޅުން އެމެރިކާގެ ކެލިފޯނިއާއަށް ބަދަލު ކުރައްވާފައެވެ.

އޮޑެބްރެޗްއިން ރިޝްވަތު ނެގި ކަމުގެ ތުހުމަތު ޕެރޫގެ ކުރީގެ އިތުރު ބައެއް ރައީސުންނަށް ވެސް ދަނީ ކުރަމުންނެވެ.
އެމެރިކާ ޕެރޫ
ހިޔާލު